ވިޔަފާރި

އީ-ޓުކުރި މެދުވެރިކޮށް ސްކޫލް ޔުނީފޯމް

Jan 5, 2021

ސްކޫލް ތަކުގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށް ދޭ "އެޗްއެމްއެފް މޯލްޑިވްސް" ގެ ސްކޫލް ޔުނީފޯމްތައް މޯލްޑިވްސް ޕޯސްޓްގެ "އީ-ޓުކުރި" އިން އޮންލައިން ކޮށް ގެއަށް ގެންގޮސް ދޭން ފަށައިފި އެވެ.

ޕޯސްޓް އޮފީހުން ބުނި ގޮތުގައި އި ކޮމާސް ޕްލެޓްފޯމް އީ-ޓުކުރިން އަށް ސްކޫލެއްގެ އެކްޓިވިޓީ ޔުނީފޯމް އޮންލައިންކޮށް މިހާރު ގަނެވޭނެ އެވެ.

އީ-ޓުކުރިން ލިބެން ހުރި އެކްޓިވިޓީ ޔުނީފޯމްތަކުގެ ތެރޭގައި އަމީނިއްޔާ ސްކޫލް އާއި އިއްޒުއްދީން ސްކޫލް އަދި ތާޖުއްދީން ސްކޫލުގެ އިތުރުން ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް އަދި ޣާޒީ ސްކޫލްގެ އިތުރުން ސީއެޗްއެސްއީ އަދި އަރަބިއްޔާ ވެސް ސްކޫލް އެވެ.

އީ-ޓުކުރިން ފެށި މި ހިދުމަތާއެކު ބެލެނެވެރިންނަށް ކިޔުގައި ވަގުތު ބޭކާރު ނުކޮށް ޔުނީފޯމް ގަތުމުގެ މަގު ފަހި ވެގެންދާނެ އެވެ. މި ހިދުމަތް ހޯދުމަށް އޮންލައިންކޮށް 24 ގަޑިއިރު ފައިސާ ދެއްކޭނެ އެވެ. އީ-ޓުކުރި ޕްލެޓްފޯމުން ވިޔަފާރި ކުރުމުން ގަންނަ އެއްޗެއްގެ އަޕްޑޭޑް ހޯދުމަށް އައިޓަމް ޓްރެކް ވެސް ކުރެެވެ އެވެ. އަދު ގަންނަ މުދާ ދޮރާ ހަމައަށް ގެންގޮސްދޭނެ އެވެ.

އެޗްއެމް އެފް މޯލްޑިވްސް އިން ބުނީ އީ-ޓުކުރިއާ ގުޅިގެން އޮންލައިންކޮށް އެކްޓިވިޓީ ޔުނީފޯމް ލިބޭނެ ގޮތް ހެދީ ކިޔޫގައި މަޑުނުކޮށް، ރައްކާތެރި ކަމާއެކު، ގައިދުރު ކަމާއެކު ޔުނީފޯމް ފޯރުކޮށް ދޭން ވެގެނެވެ.

އީ-ޓުކުރިން ޔުނީފޯމް އެޗްއެމްއެފް މޯލްޑިވްސްގެ އީ-ޓުކުރި ސްޓޯރް އިން ގަނެވެ އެވެ.

އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ރަޖިސްޓްރީވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކޯޕަރޭޓިވްސްތަކާއި އަދި އޮންލައިން ވިޔަފާރީގެ ތެރެ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާސް ސޮލިއުޝަން އެކެވެ.