މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

އީ-ޓުކުރިން އެމެރިކާގެ ސަމާ ސޭލާ ދިމާކޮށް، ބޮޑު ޑިސްކައުންޓެއް

Mar 1, 2021

އެމެރިކާގެ އޮންލައިން ވިޔަފާރިތައް "ސްޕްރިމް ސޭލް" ނިމި "ސަމާ ސޭލް" އަށް ވަނީ ތައްޔާރުވެފަ އެވެ. މިއީ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި އޮންނަ ސޭލެކެވެ. ހާއްސަކޮށް އޮންލައިން ވިޔަފާރި ކުރާ ފަރާތްކުގެ ޝައުގުވެރިކަން އަބަދުވެ ސް މި ސޭލްއަށް ލިބެ އެވެ. އެހެންވެ މޯލްޑިވްސް ޕޯސްޓްގެ އީ- ޓުކުރިން މިވަނީ ބޭނުން ތަކެތި ގެންނަ ކަސްޓަމަރުންނަށް އުފާވެރި ހަބަރެއް ދީފަ އެވެ.

އީ ޓުކުރި އިންޓަނޭޝަނަލް އިން ކޮންމެ ޝިޕްމަންޓެއްގެ އަގު 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.

ސަމާ ސޭލްއަކީ ކިހާ ވަރެއްގެ ސޭލެއް ހެއްޔެވެ؟ މި ސޭލުގައި މަޝްހޫރު ބްރޭންޑް ތަކުން ބޮޑެތި ޑިސްކައުންޓް ތަކެއް ދެ އެވެ. އެހެންވެ، މި ސޭލްއާ ދިމާކޮށް ބައެއް އޮންލައިން ސައިޓު ތަކަށް ބާރު ބޮޑު ވެގެންދެ އެވެ.

މި ސޭލުގައި ދިވެހިންގެ މެދުގައިނަން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "އެޑިޑާސް" އާއި "ޕޫމާ" އަދި "ނައިކް" އިންވެސް ޑިސްކައުންޓް ދެ އެވެ. އެހެންވެ ދުނިޔޭގެ އެންމެ ބޮޑެތި އީ-ކޮމާސް ޕްލެޓް ފޯމް ތަކުން ވެސް ދަނީ ބޮޑެތި ޑިސްކައުންޓް ތަކެއް އަޅުވާފަ އެވެ.

ދިވެހިންގެ ތެރޭގައި ވެސް އެމެރިކާގެ އޮންލައިން ފިހާރަ ތަކުން ތަފާތު ވައްތަރުގެ މުދާ ގެންނަ މީހުން ވަރަށް ގިނަ އެވެ. ހާއްސަކޮށް ކުރިއަށް ރޯދަ މަސް އޮތުމާއެކު ވެސް ގޭތެރެ އަށް ބޭނުންވާ ސާމާނާ، ތަފާތު ވައްތަރުގެ އަންނައުނު އަދި މޯބައިލް އެސްސަރީޒް ގަންނަން މިއީ ރަނުގެ ފުރުސަތެކެވެ.

ނަމަވެސް، ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ގިނަ ގައުމު ތަކުން ޑައިރެކްޓް ޝިޕިންގް ރާއްޖެ އަށް ނުކޮށްދިނުމާއެކު ވިޔަފާރި ކުރުމަށް ދިވެހިންނަށް ލިބޭ ފުރުސަތުތައް މަދުވުމަކީ ވެސް ގިނަ ބަޔަކަށް މާޔޫސްކަން ލިބޭ ކަމެކެވެ.

އީ-ޓުކުރި ބޭރުން ތަކެތި ގަންނަން ހައްލު

މިކަމަށް ހައްލެއްގެ ގޮތުން، ޕޯސްޓް އޮފީހުން ގިނަ އަދަދެއްގެ މި ފަދަ އޮންލައިން ވިޔަފާރި ތަކުން ވިޔަފާރި ކުރުމުގެ ފުރުސަތާއެކު 2015 ވަނަ އަހަރު "އީ-ޓުކުރި" ފެށި އެވެ. އީ-ޓުކުރިގެ އިންޓަނޭޝަނަލް ހިދުމަތަކީ ފަސޭހަކަމާއެކު އެމެރިކާގެ އޮންލައިން ފިހާރަ ތަކުން މުދާ ގަނެ ރާއްޖެއާ ހަމައަށް އަގު ހެޔޮކޮށް ގެނެސްދޭ ހިދުމަތެކެވެ.

މި ހިދުމަތް ލިބޭ ފަރާތުން މާބައިވަރު މަސައްކަތްތަކެއް ނުކޮށް ހިދުމަތަށް ރަޖިސްޓަރކޮށްލެވޭނެ އެވެ. ރަޖިސްޓާ ކުރުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލް ނުވަތަ ފޭސްބުކް އެކައުންޓް ވެސް ބޭނުން ކުރެއްވޭނެ އެވެ. އަދި މިހާރު އީ-ޓުކުރިން ހިންގާ "ޝޮޕް އެންޑަ ސޭވް ޕޮރޮމޯޝަން" ގައި މިކަމަށް ހާއްސަ ކޯޑް "“SNS2021” ބޭނުން ކުރުމުން އީ-ޓުކުރިން ޝިޕްމަންޓަށް ފައިސާ ދައްކާއިރު 15 ޕަސެންޓެއްވެސް ލިބޭނެ އެވެ.

ވިޔަފާރި ކުރުމަށް އީ-ޓުކުރިގެ ފަރާތުން ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަށް ގައިޑް ތަކެއް ވެސް ވަނީ ހަދާފަ އެވެ. އަދި މި ގައިޑްލައިނުން ދުނިޔޭގެ އަގުބޮޑު ހުރިހާ ބްރޭންޑް ތަކެއް ފެންނަން ހުރެ އެވެ. އަދި މި ގައިޑްގައި އީ-ޓުކުރި އިން އެންމެ ލަފާދޭ ބްރޭންޑްތަކުގެ ވެބްސައިޓް ވެސް ފެންނަން ހުރެ އެވެ.

ރަޖިސްޓްރީވުމުން އެމެރިކާގެ އެޑްރެހެއް ދޭނެ

އީ-ޓުކުރި އިންޓަނޭޝަނަލްގައި ރަޖިސްޓްރީވުމުން އެމެރިކާގެ އެޑްރެސްއެއް ލިބޭނެ އެވެ. މިއެޑްރެހަށް ކަސްޓަމަރު އޮންލައިންކޮށް ގަންނަ މުދާ ފޮނުވޭނެ އެވެ. އަދި އެ އެޑްރެސް އަށް އައުމާއެކު އެ ތަކެތީގެ ބަރުދަން ބެލުމަށްފަހު އީ-ޓުކުރީގެ ޕްލެޓްފޯގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން، މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ އެއްޗެއް ރާއްޖެ އަށް ގެނެސްދޭނެ އެވެ.

މި ފައިސާ ދިވެހި ރުފިޔާ އިން ވެސް ދެއްކި ދާނެ އެވެ. މިގޮތަށް މި ކަން ކުރުމުން، ރާއްޖެ އަށް ޝިޕް ނުކޮށްދޭ މުދާ ވެސް ފަސޭހަ ކަމާއި އެކު ރާއްޖެ އަށް ގެނެވޭނެ މަގު ތަނަވަސް ވެގެންދާނެ އެވެ. އީ-ޓުކުރީގެ ތަފާތު އެއް ކަމަކީ މަހުފީ ދައްކަންޖެހުމުގެ ބަދަލުގައި ކޮންމެ ޝިޕިން އަކަށް ފައިސާދައްކާ ލުމަށްފަހު ހަފްތާއެއްހާ ދުވަސްތެރޭ މުދާ ގެނެވުމެވެ. އަދި އޯޑަރު ކުރާ ތަކެތި އިތުބާރާއި ޔަގީން ކަމާއެކު ގެނެވުމަކީ ވެސް އީ-ޓުކުރި ގިނަ ބަޔަކު ބޭނުން ކުރާ އެންމެ ބޮޑު އެއް ސަބަބެވެ.

އީ-ޓުކުރި އިންޓަނޭޝަނަލްގެ އިތުރު މައުލޫމާތު ބޭނުން ނަމަ އެބޭފުޅުންގެ ހޮޓްލައިން 7379411 އާ ގުޅުމުން ލިބިވަޑައި ގަންނަވާނެ އެވެ. އެމެރިކާގެ ގިނަ އޮންލައިން ފިހާރަތަކުން އޮރިޖިނަލް ބްރޭންޑަޑް މުދާ ގަނެލަން މިއީ ހަމަ ގައިމު ވެސް ދިވެހިންނަށް ލިބޭނެ ފުރުސަތެވެ. މިއާއެކު ގިނަ ބަޔަކަށް މުދާ ފަސޭހަ ކަމާއި އެކު ގެނެވޭނެ ގޮތް މޯލްޑިވްސް ޕޯސްޓް އިން މިވަނީ ފަހިކޮށްދީފަ އެވެ.