އެޑްވަޓޯރިއަލް

100 ޕަސެންޓު ލުނބޯ ހުތާއެކު ރައުޚް ލެމަން ޖޫސް

ރައުޚް ބްރޭންޑުގެ އުފެއްދުންތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް 1997 އިން ފެށިގެން ހެޕީމާކެޓުން ދަނީ ރާއްޖެ އަށް އެތެރެކޮށް މާކެޓް ކުރަމުންނެވެ. ބާޒާރުގައި މިހާރު ވިއްކަނީ، ރައުޚް ހެޕީޑޭ، ރައުޚް ޖޫސް އަދި ރައުޚް ޔެލޯ އެވެ. މި އުފެއްދުންތަކުގެ ތެރެއިން އެންމެ ފަހުން ތައާރަފް ކުރީ ރައުޚް ލެމަން ޖޫހެވެ.

ރައުޚް ލެމަން ޖޫހަކީ 100 ޕަސެންޓު ލުނބޯ ހުތެވެ. 250 އެމްއެލްގެ މި ބިއްލޫރި ފުޅީގައި އަށް ލުނބޮލުގެ ޖޫހާ އެއްވަރަށް ޖޫސް ހުރެ އެވެ. އެކި ބާވަތްތަކުގެ ކާއެއްޗެހި ތައްޔާރު ކުރާއިރު ލުނބޯ ހުތްކޮޅެއް އަޅާލުމުން އެ ޑިޝް އެއް ފުރިހަމަ ވެ އެވެ. ލުނބޯ ވަކިން ގަނެ ކޮށައި ހެދުމުގެ ބަދަލުގައި ރައުޚް ފުޅި ބޭނުން ކުރުމުން ހަރަދާއި ވަގުތު ސަލާމަތްވާނެ އެވެ.

ރައުޚް ލެމަން ޖޫސް އަޅައިގެން ތައްޔާރުކޮށްލެވޭނެ ކެއުމެއް

މޮރޮކޮން ޗިކަން

މޮރޮކޮން ޗިކަން އަކީ ވަރަށް ފަސޭހައިން ތައްޔާރުކުރެވޭނެ މީރު ކެއުމެކެވެ. މި ރެސިޕީގައި ބޯންލެސް ޗިކަންގެ ބަދަލުގައި ބޯންލެސް، ސްކިންލެސް ޗިކަން ތައި ބޭނުންކުރެވޭނެ އެވެ. ޑައިޓް ކުރާނަމަ، ގްރީން ސެލެޑް، ކުސްކުސް ނުވަތަ ރޯސްޓް ވެޖިޓަބަލް އާއި އެއްކޮށް މޮރޮކޮން ޗިކަން ބޭނުން ކުރެވިދާނެ އެވެ.

ބޭނުންވާ ތަކެތި

  • 4 ސިއެރާ ބޯންލެސް ޗިކަން
  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 2 މޭޒުމަތީ ސަމްސާ ރައުޚް 100% ލެމަން ޖޫސް
  • 6 ލޮނުމެދު (ގާނާލާފައި)
  • 1 އިންޗި ދިގުމިން ހުންނަ އިނގުރު (ގާނާލާފައި)
  • ½ ސައިސަމްސާ މުގުރި ދިރި
  • ½ ސައިސަމްސާ ކޮރިއެންޓަރ ޕައުޑަރ
  • ½ ސައިސަމްސާ ޕެޕްރިކާ،
  • ½ ސައިސަމްސާ މުގުރި ފޮނިތޮށި
  • ½ ސައިސަމްސާ ރީންދޫ
  • 2 މޭޒުމަތީ ސަމްސާ ފްރެޝް ކޮރިއެންޓަރ (ކުދިކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް

ފްލެޓް އެއްޗެއްގެ އެހީގައި ބޯންލެސް ޗިކަން ޕައުންޑްކޮށް ފްލެޓް ކުރުމަށްފަހު، ދެފުށުގައި ހެޔޮވަރު ވަރަށް ލޮނާއި އަސޭމިރުސް އެޅުމަށްފަހު ޒިޕްލޮކް ބޭގެއްގައި ބަންދު ކުރާށެވެ. އެއަށްފަހު، އޮލިވް އޮއިލް އާއި ރައުޚް ލެމަން ޖޫސް އާއި ލޮނުމެދު، އިނގުރާއި ކުދިކޮށް ކޮށާފައިހުރި ކޮރިއެންޑާ އަދި ހުރިހާ ސްޕައިސަސްތަކެއް އެއްކުރުމަށްފަހު، ކުކުޅު އެޅި ޒިޕްލޮކް ބޭގް ތެރެއަށް އަޅާލާށެވެ.

ހަތަރު ނުވަތަ އަށް ގަޑިއިރު ވަންދެން ފްރިޖްގައި ޗިކަން މެރިނޭޓް ކުރުމަށްފަހު، ގްރިލް ޕޭންއެއްގައި އުނދުންމަތީ ނުވަތަ ގްރިލާ އެއްގައި ގްރިލްކޮށްލާށެވެ. ރަނގަޅަށް ކުކުޅު ފިހެވުމުން ޑިޝް ތައްޔާރުވީ އެވެ.