ވިޔަފާރި

ހެޕީ މާކެޓުން ކުކުޅު އަގު ހެޔޮކޮށްފި

Dec 3, 2020
ހެޕީ މާކެޓުގެ ފިހާރައެއް: ކުކުޅު ވަނީ އަގު ހެޔޮކޮށްފަ -- ފޮޓޯ: ހެޕީ މާކެޓް
0%
0%
0%

ހެޕީ މާކެޓުން ހޯލް ސޭލްކޮށް ކުކުޅު ގަންނަ ފަރާތް ތަކަށް ވަރަށް ބޮޑު ތަނުން ކުކުޅު، އަގު ހެޔޮ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހެޕީ މާކެޓުން ބުނި ގޮތުގައި އަގަށް ގެނައި މި ބަދަލާއެކު، ކުކުޅު ކިލޯއެއް ވިއްކާނީ 33 ރުފިޔާ އަށެވެ. އަދި ދުނިޔޭގެ ބާޒާރުގެ އަގުތައް މިހާރު ހުރި ވަރަށް ހުރިނަމަ އަންނަ ރޯދަމަސް ނިމެންދެން ވެސް މި އަގުގައި ކުޅުޅު ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ހެޕީމާކެޓުން ގަނޑުކުރި ކުކުޅުގެ ފަސް ސައިޒެއް ހޯލްސޭލް ކުރެ އެވެ. އެއީ 800 ގްރާމް އާއި 900 ގްރާމް އަދި އެއް ކިލޯ އާއި 1.2 ކިލޯ އަދި 1.4 ކިލޯގެ ކުކުޅެވެ.

އެ ކުންފުނިން ބުނި ގޮތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ފިހާރަ ތަކުން ގަނޑުކޮށް މުދާ ގަންނަ ފަރާތް ތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަން ބޭނުންފުޅުވާނަމަ، ހެޕީމާކެޓަށް ގުޅުމުން އޯޑަރު ނަގައިދީ ރަށު ބޯޓަށް ޑެލިވަރީގެ ހިދުމަތް ވެސް ދެއެވެ. އަދި ވިޔަފާރިވެރިން މާލެ ނައިސް، ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް، ޑިސްޓްރިބިއުޝަން ސެންޓަރު ތަކުން ލިބޭނެ އެވެ. އެ ކުންފުނިން ދަނީ މި އަންނަ ރޯދަ މަހާއި ދިމާކޮށް ވެސް ގިނަ ބާވަތުގެ މުދާ އަގު ހެޔޮކުރެވޭނެ އިންތިޒާމެއް ހަމަޖައްސަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345