ހެޕީ މާކެޓް

ހެޕީމާކެޓުން ޓެބެސްކޯ ސޯސްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް

Oct 23, 2018

ޓެބެސްކޯ ސޯސް އޮތޮރައިޒް ޑިސްރިބިއުޓާ އަކަށް ހެޕީމާކެޓު ހަމަޖެހުމާއެކު ސޯސްގެ އަގު ހެޔޮކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޓެބެސްކޯ ސޯސް ރާއްޖެ އެތެރެކޮށް ހޯލްސޭލްކޮށް ވިއްކާ ހެޕީ މާކެޓުން ބުނީ މި ޕްރޮމޯޝަންގެ ދަށުން "ޓެބެސްކޯ އޮރިޖިނަލް ރެޑް ސޯސް" އާއި "ޓެބެސްކޯ ގްރީން ހަލަޕީނޯ ސޯސްގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮއްފައިވާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން "ޓެބެސްކޯ އޮރިޖިނަލް ރެޑް ސޯސް" އާއި "ޓެބެސްކޯ ގްރީން ހަލަޕީނޯ ސޯސްގެ 60 އެމްއެލްގެ 12 ފުޅީގެ ކޭހެއް 210ރ. އަށް ލިބެ އެވެ. އަދި "ޓެބެސްކޯ އޮރިޖިނަލް ރެޑް ސޯސް" ގެ 150 އެމްއެލްގެ 12 ފުޅީގެ ކޭހެއް 490ރ. އަށް ލިބެން ހުންނާނެކަމަށް ހެޕީމާކެޓުން މައުލޫމާތު ދެއްވާފައިވެ އެވެ.

ހެޕީމާކެޓުން ފާހަގަ ކުރި ގޮތުގައި ޓެބެސްކޯ ސޯސް އަކީ ކާއެއްޗެހީގެ ރަހަ މީރުކޮއްލުމުގެ ގޮތުން ވަރަށް ގިނަ ގޮތްގޮތަށް ބޭނުން ކުރެވިދާނެ ސޯސް އެކެވެ. މިގޮތުން، މިއީ ތަފާތު ވައްތަރުގެ ސެލެޑް، ސޫޕް، މެރިނޭޑް، ޑިޕްސް، ޕާސްތާ، ޕިއްޒާ ފަދަ ތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ރަހަ ތަފާތު މީރު ސޯސްއެކެވެ.

އަށާރަ ސަތޭކަ ފަސްދޮޅަށް ތިންވަނަ އަހަރުން ފެށިގެން މިޗްލެނީ ކޮމްޕެނީ އިން އުފައްދަން ފަށައިފައިވާ ޓެބެސްކޯ ސޯސްއަކީ ނެޗުރަލް އިންގްރީޑިއަންޓްސް ކަމަށްވާ ޕެޕަ ލޮނު އަދި ހައި ކުއެލިޓީ ވިނިގަ ބޭނުން ކޮއްގެން އެމެރިކާގެ އޭވަރީ އައިލެންޑްގެ ފެކްޓްރީތަކުގައި ތައްޔާރުކުރަމުން އަންނަ ހާއްސަ ސޯސް އެކެވެ. އަދި މިސޯސް ތައްޔާރު ކުރުމަށް ތިން އަހަރު ނަގަ އެވެ.

އެމެރިކާގެ އުފެއްދުމެއް ކަމުގައިވާ މި ރަހަމީރު ސޯސްއަކީ ރިސޯޓް ތަކުގެ ބުފޭ ޓޭބަލް މަތިން ހުސްނުވެ ފެންނަން ހުންނަ ރަހަމީރު ސޯސްއެއްކަން ފާހަގަކުރެވެއެވެ. އަދި ޓެބެސްކޯ ސޯސް އަކީ މިހާރު ރާއްޖޭގައި ވެސް މީހުންގެ މެދުގައި މަގުބޫލުކަން ވަރަށް ބޮޑަށް ހޯދައިފައިވާ ސޯސް އެކެވެ.