ވިޔަފާރި

ހެޕީމާކެޓުން ރޯދަ އަށް ފިނިކުރި ބާވަތްތަކުގެ އަގު ހެޔޮކޮށްފި

Apr 6, 2020
1
ހެޕީ މާކެޓުގެ ޑިސްރިބިއުޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- -- ފޮޓޯ: ހެޕީ މާކެޓް
100%
0%
0%

އިމްޕޯޓު މުދަލުގެ ގިނަ ބާވަތްތައް ވިއްކާ، ހެޕީމާކެޓުން ރޯދަ އަށް ހާއްސަކޮށް ފިނިކުރި ބާވަތްތަކުގެ އަގު ހެޔޮކޮށްފި އެވެ.

ހެޕީ މާކެޓުން ބުނީ އެހެން ރޯދަ މަސް ތަކެކޭ އެއްގޮތަށް، ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ގިނަ ބާވަތްތަކެއްގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

އަގު ހެޔޮކޮށްފައިވާ ބާވަތްތައް

  • ހޯޕް ޗިކަން
  • ޗިކަން ޑްރަމްސް ސްޓިކް
  • ބީފް ޗަންކްސް
  • އަސްދޫނި މަސް
  • ވެގާ މިލްކް (900ގ)
  • ވެގާ މިލްކް (1.8 ގްރާމްގެ ދަޅު)

ހެޕީ މާކެޓުން ބުނި ގޮތުގައި ރޯދަ މަހާ ދިމާކޮށް ގިނަ ބާވަތްތަކުގެ އަަގު ހެޔޮ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އައްޑު އާއި ކުޅުދުއްފުށީގައި ހުންނަ އެ ކުންފުނީގެ ފިހާރަތަކުން މުދާ ގަންނަ ފަރާތްތަކަށް ހިލޭ ގެންގޮސްދޭނެ ކަމަށެވެ.

ހެޕީ މާކެޓުން ވިއްކާ ބައެއް އުފެއްދުންތައް- ފޮޓޯ: ހެޕީ މާކެޓް

މިހާރުގެ އަގުތައް

  • ކުކުޅު ކިލޯއެއް 27ރ. އަށް
  • އަސްދޫނި ކިލޯއެއް 70ރ.
  • ވެގަ ހިކިކިރު 900ގ. ގެދަޅު ކޭހެއް: 1،180ރ.
  • ވެގަ ހިކިކިރު ދަޅު 1.8 ގްރާމްގެ ދަޅު ކޭހެއް: 1،180ރ. އަށް
  • ބޯންލެސް ޗިކަން ބްރެސްޓް ދެ ކިލޯ ކޭހެއް: 516ރ.
  • ޗިކަން ޑްރަމްސް ސްޓިކް 900ގ. ކޭހެއް: 384ރ.
  • ބީފް ޗަންކްސް 900ގ. ކޭހެއް: 990ރ.

އެ ކުންފުނިން ވަނީ ރަށްރަށުގައި މުދާ ގަންނަ ފަރާތްތަކަށް ބޯޓާ ހަމައަށް މުދާ ގެންގޮސް ދިނުމުގެ ހިދުމަތް ދެމުންނެވެ. ހެޕީ މާކެޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފިނިކުރި ބާވަތްތައް ވިއްކަން ފެށި އެއް ކުންފުންޏެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތިރިބެ

އަދިވެސް ހެޔޮވާނެ ސަބަބަކީ ރިސޮޓްތަކައް ގެނައިސާމާނުތައްވީމަ ފނިކުރިބާވައިތައް ބަހައްޓައް އުދަގުވާނެ ރިސޯޓުތައްކައް ފުދޭވަރައް އެޑުވާސްކޮއް ބަހައްޓަންޖެހޭތި މިހާރު ރިސޯޓްސަޕުލައިނެތީމަ ގިނަވެގެއް އެއުޅެނީ ކޮއްމެހެން ކޮވިޑާގުޅިގެންނެއްނޫ

December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011