ހެޕީ މާކެޓް

ހެޕީ މާކެޓުން "ހެޝީޒް ޗޮކްލެޓް"ގެ ބޮޑު ފެސްޓިވަލެއް ފަށައިފި

Nov 23, 2016

މަޝްހޫރު ޗޮކްލެޓް ބްރޭންޑެއް ކަމަށްވާ "ހެޝީޒް ޗޮކްލެޓް"ގެ ހާއްސަ ފެސްޓިވަލެއް ހެޕީ މާކެޓުން ފަށައިފި އެވެ. މި ފެސްޓިވަލްގައި ބޮޑެތި ޑިސްކައުންޓްތަކެއް ވެސް ދެ އެވެ.

މި ފެސްޓިވަލް ފަށާފައިވަނީ އާންމުންގެ މެދުގައި މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ބޮޑު ބޮޑުބެރު ގުރޫޕް، 1438 ގެ ހުށަހެޅުންތަކާ އެކު، އާންމުންނަށް ހެޝީޒް ޗޮކްލެޓް ގެ ރަހަބަލާލުމުގެ ފުރުސަތާ އެކު މި މަހުގެ 12 ވަނަ ދުވަހު އެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި އެ ބްރޭންޑްގެ ބައެއް ޗޮކްލެޓުން 10 ޕަސެންޓުން މަތީ ޑިސްކައުންޓް ލިބެ އެވެ. ފެސްޓިވަލް ކުރިއަށްދާ މުއްދަތުގައި ހެޕީ މާކެޓްގެ ހުރިހާ ފިހާރަތަކެއްގައި ވެސް ފެސްޓިވަލް ކުރިއަށްދާނެ އެވެ. އެ ކުންފުނީގެ ފިހާރަތައް ހުންނަނީ ނިރޮޅުމަގުގައި ހުންނަ އެ ކުންފުނީގެ، ޝޮޕް ނަމްބަރު 5 އާއި އަމީނީ މަގުގައި ހުންނަ ފިހާރައިން އާއި ބާޒާރު މަތީގައި ހުންނަ ހެޕީ މާކެޓްގެ ފިހާރަ އަދި ހުޅުމާލޭގައި ހުންނަ ހެޕީ މާކެޓް ޝޮޕް 4 އިންނެވެ.

ޑިސްކައުންޓް ދޭ ޕްރޮޑަކްޓްތައް

  • މިސްޓާ ގުޑް ބާ
  • ކްރެކެލް
  • ރީސެސް ޕީނަޓް ބަޓާ ކަޕްސް
  • ރީސެސް ޕީސެސް
  • ރީސެސް ސްޓިކްސް
  • ކުކީސް އެންޑް ކްރީމް ބާ

ހެޝީޒް ޗޮކްލެޓްގެ އިތުރުން ސްޕްރެޑް އާއި ސިރަޕް ޓޮޕިން އަދި ސްނެކްސް ވެސް އެ ކުންފުނިމް އުފައްދަ އެވެ. އެ ކުންފުންޏަކީ ނޯތް އެމެރިކާގެ އެންމެ ބޮޑު އެއް ޗޮކްލެޓް ބްރޭންޑެވެ.