އޮފީސް ސާމާނުތައް އާ އަހަރާއެކު ބަދަލުކޮށް ތަފާތު ކޮށްލާނަމަ އެއަށް ބޮޑު ހަރަދެއް ދާނެ އެވެ. ރާއްޖޭގައި އެންމެ ފެންވަރުގެ އޮފީސް ފަރުނީޗަރު ވިއްކާ ފިހާރަ އަލޯރާއިން މިހާރު އަޅުވާފައިވާ ސޭލްއިން މި މައްސަލަ ހައްލު ވާނެ އެވެ.
އަލޯރާގެ އޮފީސް ފަރުނީޗަރު ފިހާރާގައި އަޅުވާފައިވާ ސޭލްއަކީ 50 ޕަސެންޓާ ހަމައަށް އަގުހެޔޮކޮށް ފަރުނީޗަރު ލިބޭނެ ސޭލް އެކެވެ.
ރާއްޖޭގައި އޮފީސް ފަރުނީޗަރުގެ އެންމެ ބޮޑު ރޭންޖު ވިއްކާ އަލޯރާއިން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި އޮފީސްތަކަށް ބޭނުންވާ ތިޖޫރީ އާއި ކަބަޑާއި ޝެލްފް އަދި ސްޓޯރޭޖުގެ އިތުރުން ގިނަ ވަގުތު އިށީންދެގެން އިންނަން ފަސޭހަ ވާނެ ހެން ހަދާފައިވާ އޮފީސް ގޮނޑި އާއި އަތަށް ފަސޭހަ ކީބޯޑު ހިމެނެ އެވެ.
މިއީ އޮފީސް ފަރުނީޗަރު ބަދަލުކޮށްލަން ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެ އެވެ. އޮފީސް ފަރުނީޗަރު ހެޔޮ އަގެއްގައި ހޯދުމަށް އަލޯރާއިން އަޅުވާފައިވާ ސޭލްއަކީ މި ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާ ސޭލެކެވެ.