ހަބަރު

ރައީސް މާދަމާ ގައުމާ މުހާތަބު ކުރައްވާނެ

Oct 24, 2015
0%
0%
0%
  • ރައީސް ގައުމާ މުހާތަބު ކުރައްވާނީ ހެނދުނު
  • ތަގުރީރު ކުރައްވާނީ މިހާރުގެ ހަލާތާ ގުޅޭ ގޮތުން
  • މިއީ ބޮމުގެ ހަމަލައަށް ފަހު ރައީސް ވާހަކަ ދައްކަވާ ފުރަތަމަ ފަހަރު
ރައީސް އަބްދުﷲ ޔާމީން: މާދަމާ ގައުމާ މުހާތަބު ކުރައްވާނެ

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މާދަމާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރައީސް މާދަމާ ހެނދުނު ގައުމާ މުހާތަބު ކުރައްވާނީ ޜާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ.

މިއީ ރައީސްލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ހައްޖަށް ވަޑައިގަތުމަށްފަހު މިދިއަ މަހުގެ 28 ވަނަ ދުވަހު މާލެ ވަޑައިގަތް ވަގުތު ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ރައީސް މިގޮތަށް ވާހަކަފުޅު ދައްކާ ފުރަތަމަ ފަަހަރެވެ.

އެ ހަމަލާއަށް ފަހު މިއަދު ވަނީ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފަ އެވެ. އަދި ނައިބު ރައީސާ ގުޅުންހުރި ބައެއް ތަންތަނަށް ފުލުހުންނާއި ސިފައިން ވަދެ ގެންދަނީ ރެއިޑ ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345