ހަބަރު

"ބޮން ހަދާ ސާމާނު ފެނުން، ފުލުހުގައި އޮތީ އަދީބުގެ ނުފޫޒު"

Oct 25, 2015
  • ޖުލައިން ފެށިގެން އިންޓެލިޖެންސް ރިޕޯޓެއް ނުލިބޭ
  • ކިރިޔާ ޝައްކުވާ ގޭގެ ވެސް ފާސްކުރަމުންދާނަން
  • މިއ ރައްޔިތުންނަށް ނުރައްކާތެރި ހާލަތެއް

ފުލުހުންގެ މުޅި މުުއައްސައާއަށް ނައިބު ރައީސް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ބޮމުގެ ހަަލާއާ ގުޅިގެން ނައިބު ރައީސާއިން ދެން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ ހައްޔަރު ކުރަންޖެހޭތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގައުމަށް ހިޔާނާތްވެވަޑައިގަތުމުގެ ތުހުމަތަށް ނައިބު ރައީސް އަހުމަދު އަދީބު އިއްޔެ ހައްޔަރު ކުރެއްވުމަށްފަހު މިއަދު ހެނދުނު ރައީސް އޮފީހުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސް ހައްޔު ކުރުމުން ރައީސުލް ޖުމްހޫރިއްޔާ އޮޅުން ފިލުވައި ދޭންޖެހޭކަންކަން ހުންނާނެ ކަމަށާއި "ފިނިމެންމާ" ގައި ދިން ހަަމަލާއަކީ ބަޔަކު ދުރާލާ ރާވައިގެން ދިން ބޮމުގެ ހަމަލާއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރި ކަމަށް ވަޑައިގެން ސަރުކާރު އެކުލަވައިލެއްވުމަށްފަހު ނިންމާފައި އޮންނާނީ ވަޒީރުންނާއި ފުލުހުންގެ މުއައްސަސާއާ އެއްވެސް ގުޅުމެއް ނޯންނަ ގޮތަށް އަދި ނައިބު ރައީސަކީ ވެސް ފުލުހާ އެއްވެސް ގުޅުމެއް ނޯންނަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

"ފުުލހާއި އެމްއެންޑީއެފް އޮންނަނީ އެތަން ތަނުން ކުރަންޖެހޭ ކަންކަން އެތަނުގެ ވެރިން ކުރާ ގޮތަށް ރައީސަށް ރިފާ ކުރަންޖެހޭ ކަންކަން އެތަންތަނުގައި ކުރުމަށް ފަހު ވެރިން ކުރައްވާ ގޮތަށް އެހެންނަމަވެސް [ބޮމުގެ] ހަމަލާ ތަހުގީގު ކުރަން ފެށި އިރު އަދި ކަންކަން ހިނގައިފައި ހުރި ގޮތަށް ބެލި އިރު ފެނުނީ އަޅުގަނޑު ހައިރާން ކުރާ ވަރުގެ ކަންކަން،" ރައީސް ވިދާޅުވި އެވެ. " މުޅި ފުލުހުންގެ މުއައްސަސާއަކީ ނައިބު ރައީސް އަހުމަދު އަދީބުގެ ނުފޫޒާ ބާރު ފެތުރިފައި އޮތް ތަނެއްގެ ގޮތުގައި އަަޅުގަނޑަށް ސިފަވީ މއީ އެކަން އޮންނަ އަޅުގަނޑު އެދުނު އަދި ރާވާފައި އޮތް ގޮތެއް ނޫން . ވަރަށް ދެރަކޮށް އެކަން ވެފައި އޮތީ، އަޅުގަނޑަށް މހާރު ފެނިގެން މިދަނީ ފުުލުހުންނަށް ބޭނުންވާ އެކި އެކި ރަސްމީ ކަންކަން ނައިބު ރައީސް ވަނީ ފުލުހުންނަށް ފަހި ދީފައި ސަރުކާރުގެ ބަޖެޓުން މިއީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް،"

ރައީސް ވިދާޅުވީ ހަމަލާގެ ތަހުގީގު ކުރަމުން ދިޔައިރު އަދި އެ ތަހުގީގަކީ ފުުހުން ކުރާ ތަގީގަކަށްވާއިރު އެ ތަހުގީގަށް އެކި ކަހަލަ ހުރަސް ތަކާ ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށާއި އޭގެ ތެރޭގައި ތަހުގީގަށް ހުރަސް އެޅޭ އެތައް ކަމެއް މެދުވެރިކޮށް ދަތި ކުރަމުން ދިޔަ ކަމަށާއި އޭގެ ތެރޭގައި ބޮމުގެ ހަމަލާގެ ތަހުގީގަށް ހެކި ނައްތާލަން ވަރަށް ގިނަ މައްސައްކަތް ކޮށްފައި ހުރި ކަމަށެވެ.

"ތަހުގީގަށް ތަންތަން ބަލާ ފާސް ކުރަން ކޯޓް އަމުރު ހިފައިގެން ދިޔައިމަ ފާސް ކުރަން ދަތިތަކެއް ފުލުހުންނަށް މެދުވެރި ކުރި. ފާސްކުރަން ދަނީ ތަހުގީގަށާއި ތަހުގީށް ހައްރުކޮށްފަިއވާ މީހުންނާ ގުޅުންހުރި ކަންކަމުގައި އެތަންތަނަށްދާއިރު ފުލުހުންނަށް ހުރިހާ ގޮތަކުން ދަތިވާ ގޮތަކަށް ކަންތައް ކޮށްފައި ހުރީ،" ރައީސް ވިދާޅުވި އެވެ. "ފާސް ކުރަން ދާއިރު ދާކަން ދުރާލާ އޮންނަނީ އެނގިފައި. މިކަންކަން ދިމާވީމަ ތަހުގީގަށް ކަށަވަރުވެގެން ދިޔައީ މިއީ އެހާ ފަސޭހައިން އަވަހަށް ނިންމޭނެ ތަހުގގަކަށް ނުވާނެ ކަމަށް ވަރަށް ގިނަ ހެކިވެސް ވަނީ ނައްތާލާފައި،"

ރައީސް ވިދާޅުވީ މިހާރު ތަހުގީގަށް ހައްޔަރުކޮފައި ތިބި މީހުންނަކީ ހައްޔަރު ކުރަންޖެހިގެން ހައްޔަރު ކުރި މީހުން ކަމަށައި އެއީ ބޮމުގެ ހަަމަލާއަށް ފަހު ލޯންޗް ބަލައި ފާސް ކުރަން އެރި މީހުން ކުރަން ނުޖެހޭ ކަންތައްތަކެއް ކޮށްފައި ހުރި ކަމަށް ފުުލުހުންނަށާއި ތަހުގީގަށް ގަބޫލު ކުރެވިގެނ ކަމަށެވެ.

"އެހެންވެ އެމީހުނާ ސުލުުން ސުވާލު ކުރަނީ އެމީހުން، ނުވަތަ ހައްޔަރު ކުރި ސިފައިންނަކީ ކުރަންޖެހޭ ކަންތައްތަކަށްވުރެ އިތުރުތައް ކަންތައްތަކެއް ކުރި ބައެއް އެ ސުވާލު ކުރަމުން ދަނީ،"

ރައީސް ވިދާޅުވ ލޯންޗުގައި ހުރި ފޮރެންސިކް މައުލޫމާތު ނަގަން ފާސް ކުރުމަކީ ފުުހުން ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް ލޯންޗަށް އެރި ސިފައިންގެ ދެ މީހުން އެ މީހުން ކުރަންޖެހޭ ކަންކަން ދޫކޮށް އެހެން ކަންކަމާ އުޅެފައިވާ ކަމަށެވެ.

"އެމީހުން އަރަނީ ލޯންޗް އޮތީ ސަލާމަތުންތޯ އާއި ދެވަނަ ބޮމެއް ގޮވާފާނެތީ، އެއީ އެމީހުން ކުރަން ޖެހޭ ކަންތައް އެކަމަކު އެނޫން ކަންކަން ކުރުމުން ސުވާލުތައް އަމާޒުވީ އެންމެ ފުރަތަމަ ހައްޔަރު ކުރީ އެ ދެމީހުން ހަމައެއެކު އެ ދެމީހުން މަސައްކަތް ކުރާ މީހަކު ޑިޕާޓްމެންޓެ އިތުރު މީހަކު ރާއްޖއިން ބޭރުގައި ހުރެފައި އައުމުން އޭނާ ވެސް ވަނީ ހައްޔަރުކޮށްފައި،"

ރައީސް ވިދާޅުވީ ހައްޔަރު ކުރި މީހުންނާ ނައިބު ރައީސްގެ އަރިހުގައި އުޅޭ މީޙުންނާއި ނައިބު ރައީސްގެ ބޮޑީގާޑުންގެ ގޮތުގައި އުޅޭ މީހުންނާއި ގުޅުންތަކެއް ހުރިކަން ތަހުގީގަށް ސާބިތުވަމުން އަންނަ ކަމަށާއި އެގޮތަށް ފެންނަމީހުން ހައްޔަރު ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެންމެ އުނދަގުލީ ހައްޔަރު ކުރާ މިހުންނާ ސުވާލު ކުރުުން ރަސްމީ މަސައްކަތުގެ ތެރެއިން ކުރާ ކަންކަމަށް ޖަވާބު ދޭން އިއުތިރާޒު ކުރަމުންދާތީ ކަމަށެވެ.

"ސިފައިންނާއި ފުލުހުން ރަސްމީ މަސައްތުގައި އެކުރި ކަމެއްގެ މައުލޫމާތު ތަހުގީގަށް ދެވެންވާނެ. މިއިީ މަދަނީ ހައްގެއްގެ ގޮތުގައި އޮންނަ 'ރައިޓް އޮފް ސައިލެންސް" ނުވަތަ ހަނު ހުރުން އިހުތިޔާރު ކުރެވޭނެ ކަމެއް ނޫން. ނަމަވެސް ތަހުގީގަށް ދަތިވަމުން ދަނީ އެފަދަ މައުލޫމާތު ދޭން އެ ފަރާތްތަކުން އިއުތިރާޒު ކުރާތީ،" ރައީސް ވިދާޅުވި އެވެ.

ފުލުހުންނާއި ފުލުހުންގެ ބޭނުންތަކަށް ނައިބު ރައީސް ހަރަދުތައް ކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ފުުލިހުންގެ ބޭނުންތަކަށް ނައިބު ރައީސް ކޮށްދެވަފައި ހުރި ކަންކަމާއި އެއީ ކިހިނެއް ވަން ފައިސާތޯ ބަލަން ތަހުގީގުގައި އެކަށައަޅައި އެމްއެމްޕީއާރްސީ އޮފީސް ބަލައި ފާސްކުރަން އެކަން ބަލަން ބޭނުންވި ކަމަށެވެ. އަދި އޭގ ކުރިން މައުލޫމާތު ލިބިފައި ހުރި ގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ފވަރަށް ގިނަ ކަންތައްތައް ފުލުހަށް ކޮށްދީފައި ހުރުމުން ކޯޓް އަމުރާއެކު އެމްއެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ދިރިއުޅުއްވާ ހ. ހިޔާކޯޅިއަށް ގޮސް ބަލައި ފާސް ކުރި އިރު ފުުހުންގެ ރސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗެހީގެ ރިކްއެސްޓް ސިޓީތައް އެގޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އެއީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

"ގަބޫލެއް ނުކުރެވޭ ފުލުހުންގެ ރަސްމީ ރިކްއެސްޓްތައް ފުުުހުހުންގެ ލެޓަހެޑްގައި ހޯދަން ބޭނުންވާ ތަކެއްޗާއެކު ހުންނަ ލިޔުންތައް އޭގެގައ ހުންނަން ޖެހޭނެ ކަމަކަށް. އެ ހުންނަން ޖެހޭނީ އެމްއެމްޕީއާރްސީގައި،"

ރައީސް ވިދާޅުވީ ފުލުހުންނާއި ނައިބު ރައީސާއި އެމްއެމްޕީއާރްސީ އާ އޮންނަ ގުުޅުން އިތުރަށް ބަލަން ބޭނުންވި ނަމަވެސް އެ މައުލޫމާު އަދި ވަނީ ނުލިބި ކަމަައި އެކި ފަހަރުމަތިން ނައިބު ރައީސަށް ދެންނެވުމުން އެ ތަފުސީލްތައް ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް ވެސް ދެއްވާފައި ނުވާ ކަމަށެވެ. ނަމަވެސް ޓޫރިޒަމާއި އެމްއެމްޕީއާރްސީން ލިބެން ހުރި މައުލޫމާތާއި މީރާއަށް ވަންނަ ފައިސާ އާއި ދިވެހި ބޭންކުގައި އޮތް އެމްއެމްޕީއާރްސީގެ އެކައުންޓްތަކުގައި ހުރި ފައިސާފެ މައުލޫމާތު މިހާރު ހޯދާފައިވާ ކަމަށެވެ.

ނައިބު ރައީސް އެކަހެރިކޮށް ހައްޔަރު ކުރީ އިރު އިތުރު ކަންކަން ސާފުވާންޖެހޭތީ ކަމަށައި މި މަތަހުގީގު ފެށިގެން މިއަދާ ހަމައަށް އާއިރުވެސް ނައިބު ރައީސްގެ ފަރާތްޕުޅުން ލިބެންޖެހޭ އެއްވެސް އެއްބާރުލުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"އަޅގަނޑާ ވަރަށް ދުރުގައި ނައިބު ރައީސް މަސަކަތް ކުރައްވާފައިހުރީ، އަޅުގަނޑު ކުރާ ސުވާލަކަށް ޖަވާބު ދެއްވަނީ އެކިފަހަރު އެދެފިން ނައިބު ރައީސްގެ ރިސޯސަސް ބޭނުކޮށްގެން މިތަހުގީގަށް އެއްބާރުލުން ހޯދައިދޭން އެކަން ކޮށްދެއްވާނެ ކަށަވަރުވެސް ކޮށްދެއްވާ އެކަމަކު ފެނިގެން ދަނީ ތަހުގީގުގައި ވެސް ނަިއބު ރައީސްގެ ދަށުން މަސައތް ކުރައްވާ ބޭފުޅުން ތަހުގީގަށް އެބާރުލުން ނުދޭތައް މި މަސައްކަތްތަށް ދަތިކޮށް އުނދަގޫވާނެ ވަރަށް ގިނަ ކަންތައްތައް ނައިބު ރައީސްގެ ފަރާތްޕުޅުން ފެނިފެންދޭ އަދި އެއީ އަޅގަނޑު ކަންބޮޑުވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ވޯޓެއް މަޖިލީހުގައި ނަގަން އެމްޑޕީއާ ގުޅިގެން ކުރިޔަށް ގެންދަން ނައިބު ރައީސް މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެކަންކަމާ ބެހޭ ގޮތުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރުންނާ ވެސް ނައިބު ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

"އަޅުގަަނަކަށް ނުވިސްނޭ އަޅުގަނޑުގެ ނައިބު ރައީސް އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތްކަމުގެ ޥޯޓެއްގައި ބައިވެރިވާންޖެހޭ ސަބަބެއް، މިއުޅެނީ އަޅުގަނޑަށް ދިން ހަަމާލެއްގެ ތަހުގީގެއް ކުރަން... ނައިބު ރައީސްގެ އެ މަސައްކަތުގައި އެމްޑީޕީގެ މެންބަރުންނާ ގުޅިގެން މަސައްކަތް ކުރެއްވި އެކަން ކަށަވަރުވެއްޖެ! ޕީޕީއެމްގެ ޕީީ ގްރޫޕްގެ މެންބަރުންނާ މިވާހަކަ ވަނީ ދައްކަވާފައި އެ މެންބަރުން ވަނީ އެކަން އަޅުގަނޑު ގާތުގައި ވިދާޅުވެފައި، މި ކަންކަމަށް ބަލާއިރު ނައިބު ރައީސް ދަތުރު ކުރައްވަނީ އަޅުގަނޑާއި އަޅިގަނޑގެ ސަރުކާރާ އެކުގައި ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ،"

ރައީސް ވިދާޅުވީ ނައިބު ރައީސް އެކަހެރިކޮށް ހައްޔަރު ކުރީ މިފަދަ ބޮޑެތި މައްސަލަ ނައިބު ރައީސްގެ މައްޗަށް ތުހުމަތުވެ އެކަން ކަމުގެ ތަހުގީގުގައި ނައިބު ރައީސާ ގުުޅުންހުރި ފަރާތްތަކުން ދަތި ކުރިމަތި ކުރުވައި ތަހުގީގަށް ބަލައި ފާސް ކުރި ގޭގެ އާއި ހައްޔަރުކޮށްފައި ތިބި މހުންގެ ގޭގެއިން ބޮމާއި ހަދާނެ ސާމާނު ފެނުމުން ކަމަށެވެ.

"ފާސްކުރި އިރު ބޮން ހަދާނެ ސާމާނު ބައެއް ގޭގެއިން ފެނިފއިވަނީ ތަހުގީގަށް އެ ތަކެތި ވަނީ މިހާރު ނަގާފައި. ލޯންޗުގައި ވެސް ބޭނުން ކޮށްފައި ވަނީ ބޮމެއްކަން ވަނީ ކަށަވަރުވެފައި،"

ރައީސް ވިދާޅުވީ އެކަންކަން އެހެން ހުރުމުން މުޅި މާލެ އާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ގޭގެ ބަލައި ފާސްކުރަން އެމަނިކުފާނަށް މަޖުބޫރުވެފައިވާ ކަމަށާއި ކިރިޔާ ޝައްކެއްވާ ގެއެއް ނަމަވެސް ބަލައި ފާސް ކުރާނެ ކަމަށެވެ.

"އެސަބަބައްޓަކައި ނައިބު ރައީް އެކަރިކޮށް ހައްޔަރުގައި ބަހައްޓައިގެން މި ތަހުގީގު ކުރިޔަށް ގެންދަން މަޖުބޫރުވީ. މި ކަންކަމުގެ ސުވާލުތަކުގެ ޖަވާބު ނައިބު ރައީސް ދެއްވަންޖެހޭނެ ކަަށް ގަބޫލު ކުރެވޭ. ނައިބު ރައީސާ ބެހޭ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް މިއޮތީ. އެކަންކަން އަންނާތީ ނައިބު ރައީސް ޖެހިވަޑައިގަންނަވާ ޖަވާބުދާރީވެ ވަޑައިގަންނަވަން. ލޯންޗުގައި ގޮއްވީ ބޮމަކަށްވެފައި ހައްޔަރުކޮށްފައި ތިބިމހުންގެ ގޭގެއިން ބޮން ހަދާ ސާމާނު ފެނުމަކީ މިއީ ދިވެހި ރައްޔިތުންނަށް ނުރައްކަތެރި ހާލަތެއް އޮތް ވަގުތެއް ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާވު ފުލުހުންގެ މުއައްސަސާއަށް ބަދަލުތަކެއް ގެނައީ ވެސް އެ ސަބަބަށްޓަކައި ކަމަށާއި ސިފައިންގެ ތެރެވެސ އޮތީ އެކަހަލަ ގޮތަކަށް ކަމަށެވެ.
"ސިފައިންގެ ތެރޭގައި ވެސް ކަންކަން ހުރި ދާދި މިކަހަކަލަ ގޮތަކަށް ސިފައިންގެ ތެރޭގައި މިކހަލަ ކަންކަމަށް ބަލާއިރު އެންމެ ވަރުގަދަ ތިން ޑިޕާޓްމަންޓް ހަވާލުހުންނެވީ އެއްބޭފުޅަކު އޭނާ ވަނީ އެންމެ ކުރިން ހައްޔަރުކޮށްފައި. އެސްޕީޖީ ހެޑް ކުރައްވަނީ އޭނާ ހަތިޔާރާބެހޭ ގުދަނާ އެކްޕްލޯސިވް ހުންނަ ގުދަން ހަވާލު ހުންނަވަނީ އޭނާ. ގޮވާތަކެތި ހުރިތޯ ނެތްތޯ ބެލުމާ ހުރިނަމަ ނައްތާލަން އޮންނަ ޑިޕާޓްމަނޓްގައި ވެސް އޭނާ. މިކަންކަމުގައި އޭނާއާ ދެން ހައްޔަރު ކުރި މީހުން މި ކަމުގައި ހައްޔަރު ކުރީ ނައިބު ރައީސާ އޮވެގެނެއް ނޫން. އޭގެ ފަހން އެސްޓަބްލިސް ކުރެވުނު ލިންކެއް ނައިބު ރައީސާ އެމީހުނާ ގުޅިފައި ވަނީ. ފުލުުންގެ އިންޓެލިޖެސް ޖުލައި މަހުން ފެށިގެން ވަނީ ރައީސަށް ލިބުން ހުއްޓިފައި އެކަމަކު ނައިބު ރައީސް ގެންދިޔައީ އިންޓެލިޖެންސް މައުލޫމާތު އެއް ކުރަމުން މިއީ އިއްތިފާގެއް ނޫން. މި ކަންކުރިމަ އެކަހިރިކޮށް ހައްޔަރު ކުރަންޖެހޭ ކަމަށް ކަށަވަރުވީމަ ހައްޔަރު ކުރީ،"