ވިޔަފާރި

މަޓީން ބަޓްލަރުންގެ އެކެޑަމީ ބަލައިގެންފި

Jan 7, 2021

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް ސިނާއަތުގެ ބަޓްލަރުންގެ އެކެޑަމީ ބަލައިގެންފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މަހުޖަނުން ހިމެނޭ ޖަމިއްޔާ، މަޓީން ބަޓްލަރުންގެ ޖަމިއްޔާ ބަލައިގަނެ އެންޑޯޒް ކުރިކަން ވަނީ ރަސްމީކޮށް އަންގާފަ އެވެ. އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ބަޓްލަރުންނަކީ ޓޫރިޒަމް ސިނާއަތުގެ މުހިންމު ހިދުމަތް ތަކެއް ކުރަމުން އަންނަ ބައެއް ކަމަށާ، މި ދާއިރާ އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

މޯލްޑިވްސް ބަޓްލާސް އެކަޑަމީއަކީ ބަޓްލަރުން ތަމްރީނުކޮށް މި ދާއިރާ ފުޅާ ކުރަން އުފައްދާފައިވާ އެކެޑަމީ އެކެވެ. އެ އެކެޑަމީ އިން ދާދިފަހުން ވަނީ ޓޫރިޒަމް މިނިސްޓްރީއާއެކު ބަޓްލަރުން ތަމްރީން ކުރަން އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.