ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނިޔާމަ ރިސޯޓުން ޕޮޒިޓިވްވި އަދަދު 14 އަށް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގައި އޮތް ނިޔާމަ ރިސޯޓުން އިތުރު ހަތް މީހަކު ޕޮޒިޓިވްވެ އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 14 އަށް އަރައިފި އެވެ.

ނިޔާމަ ރިސޯޓް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ އެ ރިސޯޓުން ފުރަތަަމަ ޕޮޒިޓިވްވީ ދެ ޓޫރިސްޓުންނާއި ފަސް މުވައްޒިފުން ކަމަށެވެ. އޭގެ ތެރެެއިން ފަސް މީހަކު ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ. އަދި އަނެއް ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކޮންޓެކްޓްޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހުންގެ ތެރެއިން ނެގި ސާމްޕަލްތައް ޓެސްޓް ކުރުމުންނެވެ.

އޭގެ ފަހުން އިތުރު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ކޭސްތަކާއި ގުޅިގެން އެ ރަށުން 86 ރެންޑަމް ސާމްޕަލް ނަގާފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ޕޮޒިޓިވްވި 14 މީހުންގެ ތެރެއިން ފަސް މީހުންނަކީ މުވައްޒިފުންނެވެ. ދެން ތިބީ ފަތުރުވެރިންނެވެ.