ހަބަރު

ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

Jan 8, 2021
3

ރ. މީދޫއަށް ދަތުރުކުރި ދޯންޏެއް ގިރިއަކަށް އަރާ ދޯނީގެ ބޮޑު ބައެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ މުދާ އަރުވައިގެން މީދޫއަށް ދަތުރުކުރަމުންދިޔަ އެ ދޯނި އަރާފައިވަނީ ރ. ފިލަދޫ ކައިރި އޮތް ގިރިއަކަށް ކަމަަށެވެ. ދޯނީގެ ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފައެވެ. އެވަގުތު އެ ދޯނީގައި ތިން މީހަކު ތިއްބެވެ. އެ ތިން މީހުން ކަނޑުވެފައިވަނިކޮށް ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. ތިން މީހުންގެ ހާލުވެސް ރަނގަޅެވެ.