ހަބަރު

އެއާޕޯޓަށް ބަހުގެ ހިދުމަތް އަލުން ފަށައިފި

Jan 10, 2021
1

މާލެ އާއި އެއާޕޯޓާއި ދެމެދު ބަހުގެ ހިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލުން ފަށައިފި އެވެ.

އެމްޕީއެލް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު ބަހުގެ ހިދުމަތް މެދުކަނޑާލީ ކޮވިޑް-19 އިގެ ބަލި ފެތުރެން ފެށުމާއެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ބަހުގެ ހިދުމަތް އަލުން ފެށުމާ ގުޅިގެން އެމްޕީއެލް އިން ބުނީ މާލެއިން އެއާޕޯޓަށް ބަހުގެ ހިދުމަތް ދޭނީ ކާނިވާ ސަރަހައްދުން ކަމަށެވެ.

އެމްޕީއެލްއިން މާލެ އާއި ހުޅުމާލެއަށް ބަހުގެ ހިދުމަތް ދެއެވެ.