ހަބަރު

މާލޭގެ ގެއެއްގައި ރޯވެ ގެއްލުން ވެއްޖެ

Oct 25, 2015

ހ. ގްރީން އެވެނިއު ކިއާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުން ވެއްޖެ އެވެ.

އެމްއެންޑީއެފް ގެ މީޑިޔާ އޮފިޝަލް މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ ހ. ގްރީން އެވަނުޔޫގައި އަލިފާން ރޯވި ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:38 އެހާއިރު ކަމަށާއި އަދި ސިފައިންގެ ފިޔަރ އެންޑް ރެސްކިޔުއިން އެހިސާބުގައި ހަރަކާތްތެރިވެ މިހާރު އަލިފާންގަނޑު އެކީ ނިއްވާލައިފި ކަމަށެވެ.

"ހ. ގްރޯން އެވެނުޔުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:38 އެހާކަންހާއިރު. ސިފައިންނާއި ފުލުހުން ވެސް އެހިސާބުގައި ހަރަކާތް ތެރިވެ މިހާރު ފަޔަރ އެންޑް ރެސްކިޔޫއިން އަލިފާންގަނޑު މުޅިން ނިވާލައިފި،" އަދްނާން ވިދާޅުވި އެވެ.

ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވީ ކޭވެ ކަމާއި ގެޔަށް ލިބިފައި ހުރީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވޭ ކަމަށް އަދްނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް ސީރިޔަށް ގެއްލުމެއް ނުވެއެވެ. އެހެންނަމަވެސް ދުމުގެ އަސަރުކޮށްގެން އެކަކު ސިފައިންގެ އަސްކަރީ ހޮސްޕިޓަލު ސެނަހިޔާއަށް ގެންގޮސް މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް އަދްނާން ވިދާޅުވި އެވެ. އަވަސް އަށް އެންގިފައިވާ ގޮތުން ހާދިސާ ހިނގި އިރު އެމީހާ ހުރީ އެގޭގެ ތެރޭގައި އެވެ.

ފުލުހުން މިހާރު ދަނީ އެމަގު ބަނދުކޮށް، މި ހާދިސާ ހިނގައި ދިޔަގޮތް ތަހުގީގު ކުރަމުންނެވެ.