ވިޔަފާރި

ސީއެމްޑީއޭގެ ސީއީއޯއަކަށް މުހައްމަދު ހުސެއިން މަނިކު

Jan 14, 2021

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ހުސައިން މަނިކު ހަމަޖައްސައިފި އެވެ.

ސީއެމްޑީއޭގެ އާ ސީއީއޯ މަނިކުއަކީ މާލީ ދާއިރާގައި ގިނަ ހިދުމަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަނިކު މީގެ ކުރިން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކާއި ޕެންޝަން އޮފީހުގައި ވެސް އިސްކޮށް ހިދުމަތް ކުރައްވާފަ އެވެ. އެ މަނިކުފާނު މިދިޔަ އަހަރު ޕެންޝަން އޮފީހުން ވަކިވެޑައިގަތީ ފަސް އަހަރުގެ ދެ ޓާމް ފުރިހަމަ ކުރެއްވުމަށް ފަހު އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރު ބަލަހައްޓާ އޮތޯރިޓީއަށް މިދިޔަ ހަފުތާގައި ވަނީ އާ ޗެއާޕާސަންއެއް ވެސް އައްޔަން ކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކުރީ އައިޝަތު ޒާހިރާ އެވެ. އޭނާ ވަނީ މީގެ ކުރިން އެމްއެމްއޭގައި 31 އަހަރު ހިދުމަތް ކުރައްވާފަ އެވެ. ޒާހިރާ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން މިދިޔަ އަހަރުގެ ވަކިވެވަޑައިގެންފައި ވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އެވެ.