ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ދެއްވަދޫ މީހާ ދާންދޫ ގިނަ ބަޔަކާ ދިމާވި"

ގއ. ދެއްވަދޫން ދާންދޫއަށް ދިޔަ މީހާ އެރަށު ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށް ދާންދޫ ކައުންސިލުން ބުނެފި އެވެ.

ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުނާ ގުޅުން އޮތް ބަޔަކު އެ އަތޮޅުގެ ދާންދޫ އާއި ވިލިނގިލިން އެ ބައްޔަށް ޕޮޒިޓިވް ވެގެން، އެ ދެ ރަށް މޮނިޓަރިންއަށް ގެންގޮސްފައިފައި ވެއެވެ.

ދާންދޫ ކައުންސިލް ގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެ ރަށް މޮނީޓަރިންގައި އޮތް ކަމުގައި ވިޔަސް ރަށު ތެރޭގައި ނުކުމެ އުޅުން މަނާ ކޮށްފައި ނުވާ ކަމަށެވެ، އެކަމަކު މީހުން ނުކުމެވެސް ނޫޅޭ ކަމަށެވެ.

ކައުންސިލުން ބުނީ އެ ރަށުގައި މިހާރު ކުރިޔަށް ދަނީ ކޮންޓެކްޓް ރޭސިން ހެދުމުގެ މަސައްކަތް ކަމަށާއި ދެއްވަދޫން ދިޔަ މީހާ އެރަށުގެ ގިނަ ބަޔަކާއި ދިމާވެފައިވާ ކަމަށެވެ.

އެ ރަށް މޮނީޓަރންގައި އޮތުމުން ރަށުގެ ހާލަތަށް ބަދަލު އައިސް އާންމު ދިރިއުޅުމުގެ ކަންކަން ދަތިވެފައި ވާ ކަމަށް ކައުންސިލުން ބުނެފައި ވާއިރު އެ ރަށުން މަހަށް ފުރާ ދޯނި ތައް އެހެން ރަށަކަށް ނުޖައްސާ އަނބުރާ މިހާރު އަންނަން ޖެހެނީ ރަށަށެވެ.