ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެއްވަދޫ ކުލަސްޓާގައި އިތުރު 11 މީހުން ޕޮޒިޓިވް ވެއްޖެ

ދެއްވަދޫ ކްލަސްޓާގައި އިތުރު 11 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ވިލިނގިލިން ޕޮޒިޓިވް ވެފައި ވަނީ މީގެ ކުރިން އެރަށުން ޕޮޒިޓިވް ވި ކުއްޖާގެ ކޮންޓެކްޓެކެވެ. ހަމަ އެއާ އެކު ދާންދޫ އިން ޕޮޒިޓިވް ވެފައި ވަނީ ވެސް އެ ކުއްޖާގެ ކޮންޓެކްޓެކެވެ. ނަމަވެސް ދާންދޫ ކުއްޖާ ޕޮޒިޓިވް ވީ އިރު ހުރީ ހުޅުމާލެގައި ކަމަށް ދާންދޫ ކައުންސިލުގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވެފައި ވެއެވެ. ދެއްވަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިތުރު އަށް މީހުންނެވެ.

ވިލިނގިލިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ދެ މީހުނެވެ. ދާންދޫ އިން މިހާތަނަށް ތިން މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން އެކަކު މިހާރު ހުރީ ހުޅުމާލޭ ގައެވެ.

މިއަދު ޕޮޒިޓިވް ވި ކޭސްތަކާއި އެކު މިހާރު ދެއްވަދޫ ކްލަސްޓާގައި ޕޮޒިޓިވް ކޭސް 60 ވުރެ މަތިވެއްޖެ އެވެ.