ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގއ. ފެރީން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި

ގއ. އަތޮޅު ތެރޭގައި ދަތުރު ކުރާ ފެރީ، "ކޮއިމަލާ-4" އިން ދަތުރުކުރި މީހުން ކަރަންޓީނު ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެ ފެރީން ދަތުރުކުރި މީހުން ކަރަންޓީނު ވާން އަންގާފައި ވަނީ މިއަދު އެ އަތޮޅުގެ ދާންދޫން ޕޮޒިޓިވްވި މީހާއާ ގުޅިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ގއ. ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުނާ ގުޅުން އޮތް ބަޔަކު ދާންދޫގެ އިތުރުން އެ އަތޮޅު ވިލިނގިލިން އެ ބައްޔަށް ޕޮޒިޓިވް ވެގެން، އެ ދެ ރަށް މިހާރު އޮތީ މޮނިޓަރިންގަ އެވެ.

ދެއްވަދޫން ފުރަތަމަ ކޮވިޑް ކޭހެއް ރިޕޯޓް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ އެރަށުގައި ހޯމް ކަރަންޓީގައި ހުރި މީހެކެވެ.

އޭގެ ފަހުން، އެ ރަށުގެ ކްލަސްޓާއާ ގުޅުންހުރި 20 އަށް ވުރެ ގިނަ މީހަކު މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެއީ ސީދާ ދެއްވަދޫއިން ޕޮޒިޓިވްވި ބަޔަކާއެކު އެރަށުން ލ. ފޮނަދޫއަށް ދިޔަ ހަތަރު މީހަކާއި ހުޅުމާލޭއިން ދެ މީހެކެވެ.