ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެއްވަދޫ ކްލަސްޓާ ފުޅާވެ، ދާންދުއާ ވިލިނގިލި މޮނިޓަރިންއަށް

Jan 14, 2021
2

ގއ. ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުނާ ގުޅުން އޮތް ބަޔަކު އެ އަތޮޅުގެ ދާންދޫ އާއި ވިލިނގިލިން އެ ބައްޔަށް ޕޮޒިޓިވް ވެގެން، އެ ދެ ރަށް މިހާރު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ދެއްވަދޫން ފުރަތަމަ ކޮވިޑް ކޭހެއް ރިޕޯޓް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ އެރަށުގައި ހޯމް ކަރަންޓީގައި ހުރި މީހެކެވެ.

އޭގެ ފަހުން، އެ ރަށުގެ ކްލަސްޓާއާ ގުޅުންހުރި 20 އަށް ވުރެ ގިނަ މީހަކު މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެއީ ސީދާ ދެއްވަދޫއިން ޕޮޒިޓިވްވި ބަޔަކާއެކު އެރަށުން ލ. ފޮނަދޫއަށް ދިޔަ ހަތަރު މީހަކާއި ހުޅުމާލޭއިން ދެ މީހެކެވެ.

މިއަދު އެޗްއީއޯސީން ބުނީ ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ބަޔަކު އެ އަތޮޅުގެ ދާންދޫ އާއި ވިލިނގިލިން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިގޮތުން، މިހާތަނަށް ދާންދޫ އިން ދެ މީހުން އަދި ވިލިނގިލިން އެކަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުންނާ ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރާއިރު، އެ ދެ ރަށްވެސް މިހާރު މޮނިޓަރިންނަށްލާފައިވާ ކަމަށް އެޗްއީއޯސީން އެޗްއޯސީން ބުންޏެވެ.