ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ދާންދޫން ޕޮޒިޓިވް ވަނީ ކޮންޓެކްޓުން"

ގއ. ދެއްވަދޫ ކްލަސްޓާގައި ދާންދޫން ޕޮޒިޓިވް ވަމުން ދަނީ ކުރިން އެރަށުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ކަމަށް ދާންދޫ ކައުންސިލުން ބުނެފި އެވެ.

ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުނާ ގުޅުން އޮތް ބަޔަކު ދާންދޫ އާއި ވިލިނގިލިން ޕޮޒިޓިވްވެ އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ވިލިނގިލި މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގާފަ އެވެ. ނަމަވެސް ދާންދޫ އިން ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުން ނެވެ. އެގޮތުން އެރަށުން އިއްޔެ ވަނީ އެއް އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވެފައެވެ.

ދާންދޫ ކައުންސިލުގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، ދާންދޫން ޕޮޒިޓިވް ވަމުން އަންނަނީ ކުރިން ޕޮޒިޓިވްވި މީހުންނާ އެއް ގެއެއްގައި އުޅޭ މީހުން ކަމަށެވެ.

ދާންދޫގައި ދިރި އުޅެމުން ދަނީ އެރަށު އާބާދީގެ ތެރެއިން މަދުބައެކެވެ. އެގޮތުން މިވަގުތު އެ ރަށުގައި 1300 މީހުން ދިިރި އުޅެ އެވެ.
އެރަށުން ޖުމުލަ 11 މީހުން ޕޮޒިޓިވް ވެފައިވެއެވެ.