ގއ. ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 52 އަށް އަރައިފި އެވެ.
އެޗްއީއޯސީން މިރޭ ބުނީ ދެއްވަދޫ ކްލަސްޓާގައި ހިމެނެނީ ދެއްވަދޫން ޕޮޒިޓިވްވި 43 މީހަކާއި ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހަކާއި ދާންދޫން ޕޮޒިޓިވި ދެ މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވީ ދެ މީހެއް އަދި ވިލިގިލިން ޕޮޒިޓިވްވީ މީހެކެވެ.
އެ ކްލަސްޓާއާ ގުޅުންހުރި 255 މީހަކު ފާހަގަކުރެވިފައިވާއިރު އޭގެ ތެރޭގައި 101 މީހަކީ ހައިރިސްކު މީހުންނެވެ. މި ކްލަސްޓާއާ ގުޅިގެން 750 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ގއ. އަތޮޅު ތެރޭގައި ދަތުރު ކުރާ ފެރީ، "ކޮއިމަލާ-4" އިން ދަތުރުކުރި މީހުން ކަރަންޓީނު ވާންވެސް ވަނީ އަންގާފައެވެ. އެ ފެރީން ދަތުރުކުރި މީހުން ކަރަންޓީނު ވާން އަންގާފައި ވަނީ މިއަދު އެ އަތޮޅުގެ ދާންދޫން ޕޮޒިޓިވްވި މީހާއާ ގުޅިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ގއ. ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުނާ ގުޅުން އޮތް ބަޔަކު ދާންދޫގެ އިތުރުން އެ އަތޮޅު ވިލިނގިލިން އެ ބައްޔަށް ޕޮޒިޓިވް ވެގެން، އެ ދެ ރަށް މިހާރު އޮތީ މޮނިޓަރިންގަ އެވެ. މި ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް މޮނިޓަރިންގައި އޮތްއިރު އެ ރަށްރަށުގެ ސުކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މާސްކު އެޅުން މަޖުބޫރުކޮށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.