ހަބަރު

އެމްޑީޕީގެ އިތުރު ފަސް ކެންޑިޑޭޓަކު ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ހަތް ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

މިފަހަރު ނަން ނަގާފައިވަނީ އެމްޑީޕީގެ ފަސް ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެެވެ. އެމްޑީޕީން ނަން ނަގާފައިވަނީ ވ. ރަކީދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި ބ. ދޮންފަނު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކާއި ރ. ހުޅުދުއްފާރު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކާއި އދ. ދިގުރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓެކެވެ.

ޕީޕީއެމުން ނަން ނެގީ ނ. ކެނދިކުޅުދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓެކެވެ. ޖުމްހޫރީ ޕާޓީން ނަން ނެގީ ލ. ގަމު ކައުންސިލްގެ މެންބަރު ކުރިމަތިލި ކެންޑިޑޭޓެކެވެ.

މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ޔަގީން ތާރީހެއް އަދިވެސް ސާފެއް ނޫނެވެ. އިންތިހާބު ވަރަށް ބޮޑަށް ފަސްވަމުންދާއިރު އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ގިނަަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ނަން ނަގާފައެވެ.