ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: ނަން ނެގުމުގެ ފަހު ތާރީހަކީ ފެބްރުއަރީ 11

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ފެބްރުއަރީ 11 ވަނަ ދުވަހު ބަންދު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކެނޑިޑޭޓު ކަމަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖޫން 23، 2020 ގައެވެ. މި މިދިޔަ މުއްދަތުގައި ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ނަން ނަގާފައެވެ. އިންތިހާބު ބޭއްވުން ވަރަށް ބޮޑަށް ފަސްވުމަށްފަހު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާ އަންނަ ހަފްތާގައި އިންތިހާބުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ފެބްރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ ދުވަހުގެ ދޭއް ޖެހުމުގެ ފަހުން ދެން ނަން ނުގެންދެވޭނެ އެވެ.

އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 4،089 ކެންޑިޑޭޓުންގެ ތެރެއިން 166 ކެންޑިޑޭޓުން މިހާރު ވަނީ ނަން ގެންގޮސްފައެވެ. ކައުންސިލް އިންތިހާބަށް 2،338 ކެންޑިޑޭޓުން ކުރިމަތިލިއިރު 103 ކެންޑިޑޭޓުން ނަން ގެންގޮސްފި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް 1،751 ކެންޑިޑޭޓަކު ކުރިމަތިލިއިރު އޭގެ ތެރެއިން 63 ކެންޑިޑޭޓުން ނަން ގެންގޮސްފި އެވެ.

މިއީ މިފަހުން އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ނަން ގެންދިޔަ އިންތިހާބަށްވާނެ އެވެ.

ނަން ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން 78 ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 20 ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. ނުވަ ކެންޑިޑޭޓަކު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެއެވެ.