ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ތިން ވޯޓް ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑަނީ

ތިން ވޯޓް ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މ. މުލީ ދާއިރާގެ ނަތީޖާ ޝީޓްގެ މ. އަތޮޅު ކަައުންސިލް ރައީސްގެ މަގާމު ޔަގީން ކުރުމަށް ސެކިއުރިޓީ އުރަ ކަނޑަން ނިންމާފައިވާ ކަމަށެވެ. ސެކިއުރިޓީ އުރަ ކަނޑަނީ ހުޅުމާލޭގައި ބެހެއްޓި ވޯޓް ފޮށީގެއެވެ. ސެކިއުރިޓީ އުރަ ކެނޑުން ކުރިއަށް ގެންދާނީ އިންތިހާބާ ބެހޭ މަރުކަޒުގައި މިރޭ 9:30 ގައެވެ.

މީގެ އިތުރުން މުލަކު ދާއިރާގެ ނަތީޖާ ޝީޓް ޗެކް ކުރުމަށް މިރޭ 10:30 ގައި ސެކިއުރިޓީ އުރަ ކެނޑުމަށް ވަނީ ނިންމާފައެވެ.

އަދި ފ. ނިލަންދޫ ދާއިރާގެ ނަތީޖާ ޝީޓް ޗެކްކުރުމަށް މާލޭގައި ބެހެއްޓުނު ފ އަތޮޅުގެ ދެ ނަންބަރު ވޯޓް ފޮށި މިރޭ 23:30 ގައި ކެނޑުމަށް ނިންމާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.