ޓްރީ ޓޮޕް ހޮސްޕިޓަލް

ކަކުލު ހުޅުގެ ކާމިޔާބު ބޮޑު ސާޖަރީ ޓްރީޓޮޕުން ހަދައިފި

ރާއްޖޭގައި މިހާތަނަށް ހެދި ކަކުލު ހުޅުގެ އެންމެ ބޮޑު ސާޖަރީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފި އެވެ.

އެ އޮޕަރޭޝަން ކުރީ 62 އަހަރުގެ ފިރިހެނެކެވެ. މީގެ ކުރިން އެ މީހާގެ ކަނާތު ހުޅު ދެ ފަހަރެއްގެ މަތީން ރާއްޖެއިން ބެރުން އޮޕަރޭޝަން ކޮށްފައި ވާއިރު ދެވަނަ ފަހަރު ލައްވާފައިވާ ހުޅުގެ މަތީ ކައިރިން ކަށިގަނޑު ބިންދައިގެން ގޮސް ހުޅުގެ ދެ އަރިމަތީ ލިގަމެންޓް ވެސް ބޭނުން ނުކުރެވޭ ވަރަށް ކަނޑައިގެން ގޮސްފައި ވެއެވެ.

އެހެން ކަމުން މި އޮޕަރޭޝަނުގައި ކަށިގަނޑުގެ ކޮޅުން ބައެއް ނެގުމަށް ފަހު ހާއްސަ މަސްނުވީ މައުދަނުގެ ބައެއް ކަށިގަނޑުގެ ކޮޅާ ގުޅުވާފައި ވެއެވެ. އެކަމަށް ބޭނުން ކުރީ ހާއްސަ މެގަ ޕްރޮސްތެޓިކެކެވެ.

މިއީ ކަކުލު ހުޅުގެ ރިވިޝަން ސާޖަރީތަކުން ކުރަން އުނދަގޫ އޮޕަރޭޝަނެކެވެ. މީގެ ކުރިން މިފަދަ އޮޕަރޭޝަން ތައް ކުރަނީ ރާއްޖެއިން ބޭރުގެ ބޮޑެތި ހޮސްޕިޓަލު ތަކަށް ފޮނުވައިގެނެވެ.

ޓްރީޓޮޕުން ކާމިޔާބު ކަމާއެކު ކުރި މި އޮޕަރޭޝަނުގައި އިސްކޮށް ހުންނެވީ ޑރ. އަލީ މުޒުނީ އެވެ. އެކުގައި ހަރަކާތްތެރި ވެފައިވަނީ ހާއްސަ ޓީމެކެވެ.