ބޮލީވުޑް

ސަލްމާން ކައްކާއަކަށް، ފުރަތަމަ ތައްޔާރުކުރީ ރޯ ފިޔަލުގެ އަސާރަ

ސަލްމާން ޚާނަށް ނުކުރެވޭ ވަރުގެ ކަމެއް އެބައޮތް ހެއްޔެވެ؟ އޭނާ އަކީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރެކެވެ. ފިލްމު ޕްރޮޑިއުސަރެކެވެ. ޓީވީ ޝޯ ހޯސްޓެކެވެ. ލަވަކިޔުންތެރި އެކެވެ. ހުސް ވަގުތު ކުރެހުމުގެ މަސައްކަތް ކުރާ މޮޅު ކުރެހުންތެރިއެކެވެ. މިހާރު އަނެއްކާ ވެސް އޭނާ މުޅިން އާ ހުނަރެއް ދައްކާލައިފި އެވެ. ކެއްކުމުގެ ހުނަރެވެ.

މިހާރު އިންޓަނެޓުގައި ވައިރަލް ވެގެން އުޅޭ ވީޑިއޯ އަކުން ފެންނަނީ ސަލްމާން ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ތަނެވެ. އޭނާ އެ ކާނާ ތައްޔާރު ކުރަމުން ދިޔައިރު އެ ތައްޔާރުކުރާ ގޮތުގެ ކޮމެންޓްރީ ވެސް ދެމުން ދެއެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާކުރީ ސަލްމާންގެ އާއިލީ އެކުވެރިއެއް ކަމަށްވާ ބީނާ ކަކް އެވެ.

ސަލްމާން ކެއްކުމުގެ ހުނަރު ދައްކާލަނީ

މި ވީޑިއޯ ޝެއާ ކުރަމުން ބިނާ ލިޔެފައިވާ ގޮތުގައި ސަލްމާން އަކީ ހުރިހާ ފަންނަކަށް ވެސް އަރާ ހުރި މީހެކެވެ. އެގޮތުން އޭނާ މިފަހަރު ދައްކާލަނީ ކެއްކުމުގެ ހުނަރެވެ. އެ ދުވަހު ސަލްމާން ތައްޔާރުކުރީ ރޯ ފިޔަލުގެ އަސާރަ ކަމަށް ވެސް ބިނާ ބުނެފައި ވެއެވެ.

ފިލްމީ ރޮނގުން ސަލްމާން ކުރާ މަސައްކަތުގެ ތެރެއިން "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ"ގެ ޝޫޓިން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. މިއަހަރުގެ ފިތުރު އީދު ދުވަހު މި ފިލްމު ރިލީޒްކުރަން ވަނީ ތާވަލްކޮށްފަ އެވެ.