މޯލްޑިވްސް ކަސްޓަމްސް ސާވިސް

10،000 ޑޮލަރަށް ވުރެ މަތިން ބޭރު ކުރާ ނަމަ އަންގަން ޖެހޭނެ

Jan 17, 2021
4
0%
0%
0%

ރާއްޖެ އެތެރެކުރާ އަދި ބޭރުކުރާ ނަގުދު ފައިސާގެ އަދަދު 10000 ޑޮލަރަށް ވުރެ މަތި ނަމަ ކަސްޓަމަށް އެކަން އަންގަން ޖެހޭ ގޮތަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށައިފި އެވެ.

މަރުަކަޒީ ބޭންކް، އެމްއެމްއޭއިން ގަވާއިދަށް މި އިސްލާހު ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ އިސްލާހާއެކު ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ނަގުދު ފައިސާގެ ޖުމްލަ އަދަދު 10000 ޑޮލަރު، ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ ނޫނީ އެ އަދަދަށް ވުރެ މަތީ އަދަދަކަށްވާ އެހެން ފައިސާއެއް ނަމަ ކަސްޓަމަށް އަންގަން ޖެހެ އެވެ.

އެ ގަވައިދާ މިއަދު އަމަލު ކުރަން ފެށި އިރުރު މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ކުރިން ވަނީ ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭ އަދަދަކީ 30000 ޑޮލަރަށް ވުރެ މަތިވަނަމަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަޙްމާ/ނިގަމްބޯ/ލަންކާ

ތިއީ މާ ކުރިން ހަދާ ނިންމާފަ އޮންނަންވާ ކަމެއް. އިބޫ އަށް ހުރިހާ ކަމެއް ވެސް ކުރެވެނީ ވަޤުތު ފާއިތު ވާފަހުން. 750 ޑޮލަރު ނެގޭ ކަންތައް މިހާރު ބޮޑުވެގެން މިއުޅެނީ. 4 ކުދިން ގޮވައިގެން ލަންކާގަ ހުއްޓާ މަދުވެގެން 15 ދުވަސް ވެސް ނުދީ އިބޫ މިހެން ހެދީ. މިނިކާ ވަގު ވެސް އަންގާނުލާ ފަހަތުން އައިސް ނުހިފާނެ. އަންގާލަން ޖެހޭނެ އަހަރުމެން ކަހަލަ ނިކަމެތިން މާލެ އަގުބޮޑުކަމުން ލަންކާގަ މިތިބީ. މިހާރު 2 ކުދިން ސްކޫލުން ކަނޑާލައިފިން. ކެރަފާ ސަލީމާ ގެ ޓްވީޓްތައް ބަލާބަލަ. އޭނަ ވެސް ބުނީ 750 ޑޮލަރަށް ހެދުމަކީ ވަރަށް ނިކަމެތި ކަމެކޭ. ކިހާ ދެރަ ކަމެއް މިއީ. ބޭރުން ޑޮލަރު ގެ އެހީ ކިހާވަރަކަށް ދިނީމަތަ ޑޮލަރު ހުންނަ ކަމަށް ވަނީ ؟ ޔާމިނު ދޫކޮށްލާ. މިގޮތަށް އަންގާ ނުލާ ޔާމިނު ކުރިކަމެއް ބުނެފިއްޔާ އަހަރެން ބުނާނަން އިބޫ މޮޅޭ. ޔާމިނު މިކަހަލަ ނިކަމެތި ކަމެއް ނުޖައްސާ. އަންގާނުލާ މިކަހަލަ ނިކަމެތި ކަމެއް ނުޖައްސާ.

ނަސީ

ކޮންކަމެއްތްތޯ ރަގަޅުވާނީ ދެން ބޭރުން އަންނަ މަހުޖަނުވެސް ކަސްޓަމް އައް ރިޕޯޓް ކުރަންޖެޙޭނެތާ ދެންތިވެރިންވެސް ރާއްޖެ ނާންނާނެ ވަރައްސަލަމް

އަމޒ

ޖެއްްސެން އޮތް ބުރައެއް ޖައްސާތި

ގަފޫރު

މިޙާލަތުގަ ވ ރަނގަޅު ކަމެއްތީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910