ހަބަރު

ހަނގާރަމައަށް ދިއުމުގެ ތުހުމަތަށް ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

Jan 18, 2021
3

ޓެރަރިސްޓް ޖަމާއަތަކާ ގުޅި ސީރީއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިދިއަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހައްޔަރު ކުރި 34 އަހަރުގެ ދިވެހި މީހާ ނޭޝަނަލް ރެއިޓެގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށް ފަހު މިދިއަ މަހުގެ ތިން ވަނަ ދުވަހު ދޫކޮށްލަފައިވާ ކަމަށެވެ.

އަދި ބުނީ އޭނާ ދޫކޮށްލާފައި ހުންނަ އިރު މޮނިކޮން އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނިޓާ ކުރާނެ ކަމަށެވެ.

ސީރިއާގެ ހަނގުރާމައަށްދިޔަ ގިނަ އަދަދެއްގެ ދިވެހިން މަރުވެފައި ވެސް ވެއެވެ. އަދި އެމީހުންގެ އަނބިންނާއި ޅަ ދަރިން ސީރިއާގައި ތާށިވެ ހާލުގައިޖެހިފައި ވެއެވެ. ސީރިއާގެ އިރު އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިން ކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ވެސް އާއްމުވެފައި ވެ އެވެ. އެ ލިސްޓުގައި 33 މީހެއްގެ ނަން ހިމަނާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާކަމަށް ބުނާ 12 ކުޑަކުދިންގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.