އަލިފާން

ވެލިގަނޑު ރިސޯޓުގެ ކޮޓަރިއެއްގައި ރޯވެއްޖެ

Jan 18, 2021

އއ. އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ރޫމެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ. މީހަކަށް ގެއްލުމެއް ނުވެއެވެ.

ސިފައިންގެއިން ބުނީ އެ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ސިފައިންގޭގެ ފަޔާ އެންޑް ރެސްކިއު ސާވިސް ހަރަކާތެރި ވަމުން އަންނަ ކަމަށާއި އަލިފާނުގެ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް އެނގުނީ މިއަދު މެންދުރު ފަހު 2:15 ގައި ކަމަށެވެ.

މިއަދުގެ އަލިފާނުގެ ހާދިސާއާ ބެހޭ އިތުރު ގިނަ ތަފުސީލު ނުލިބުނު ނަމަވެސް އަލިފާން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

އަލިފާނުގެ ހާދިސާތައް ގިނަވެފައިވާއިރު މި ޖަނަވަރީން ފަސްވަނަ ދުވަހުގެ ރޭ އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާން ރޯވެ އަނދާފައި ވެއެވެ. އަދި މިދިއަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ހއ. މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވި އިރު 29 ޑިސެމްބަރުގައި ތާޖު އެގްޒޯޓިކާ ރިސޯޓްގެ އިންޖީނުގޭގައި ރޯވި އެވެ.