އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓު މަސައްކަތުގެ އަޕްޑޭޓް ދީފި

Jan 19, 2021

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ކުޑަ ތަފުސީލެއް އެމްޓީސީސީން ދީފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ފަސް ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައި ވާ ކަމަށެވެ.

އެ މަޝްރޫއުގައި 1200 މީޓަރުގެ ރަންވޭ އެއް އެޅުމާއި ޓެކްސީވޭ އެއް އެޅުމާއި އޭޕްރަން އެއް އެޅުމުގެ އިތުރުން ސާވިސް ރޯޑެއް ގާއިމު ކުރަނެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.