އަދާލަތު ޕާޓީ

އަދާލަތު އިންތިހާބުގެ މުއްދަތު އިތުރުކޮށްފި

Jan 20, 2021
10

އަދާލަތު ޕާޓީން ބާއްވާ "ރިޔާސީ އިންތިހާބު" ގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.

އިއްޔެ މެންދުރާ ހަމައަށް އޮތް މުއްދަތު ހަމަވުމުން އިއްޔެ ހަވީރު އެ ޕާޓީން ބުނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު މާދަމާގެ ހަވީރާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެތެރޭގެ އިންތިހާބެއްގެ ގޮތު، ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވަން އަދާލަތުން ބާއްވާ "ރިޔާސީ އިންތިހާބު" އޮންލައިންކޮށް ކުރިޔަށް ގެންދަނީ މިމަހު 30 ވަނަ ދުވަހު އެވެ

އެ ޕާޓީގެ ރައީސްގެ މަގާމަށް މިހާތަނަށް ކުރިމަތި ލައްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އޭނާއަކީ މިހާރު ވެސް އެޕާޓީގެ ރައީސެވެ.