ހަބަރު

ފިނޮޅަކަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަނީ

ކ. ހިންމަފުށީ ކައިރީ އޮތް ވެލިގަނޑަކަށް ރިސޯޓެއްގެ މުވައްޒިފުންތަކެއް ގެއްލުން ދިން މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ގިލިލަންކަންފުށި ފަޅުތެރޭ އޮތް ވެލިގަނޑަށް ގެއްލުންދީފައިވަނީ އެ ރިސޯޓްގެ މުވައްޒިފުންނެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިގެން ރޭ އެ ތަނަށް ގޮސްފައިވާ ކަމަށާ އެކަން ހުއްޓުވާފައިވާ ކަމަށެވެ.

އެ މައްސަލަަ އޭޕީއޭގެ ސަމާލު ކަމަށް ގެނައުމުން އެ އިދާރާއިންވެސް ދަނީ މައްސަލަ ބަލަމުންނެވެ. ފުލުހުންވެސް ބުނީ އެކަން އީޕީއޭއަށް ހުށައަޅާފައިވާ ކަމަށެވެ.

ގިލިލަންކަންފުށި މުވައްޒިފުން އެ ވެލިގަނޑަށް ގެއްލުންދިނީ ހިންމަފުށީ މީހުން އަދި ބައެއް އެހެން ރަށްރަށުގެ މީހުން އެތަނަށް ޕިކުނިކުގޮސް ހަދާތީ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށް ބުނެ އެވެ. ހިންމަފުށީ ބަޔަކު ރޭ ވަނީ އެ ވެލިގަނޑަށް ގޮސް އެތަނަށް ގެއްލުން ދޭ މަންޒަރު ވީޑިއޯކޮށް އާންމުކޮށްފައެވެ.

މަޖިލީހުގެ މެންބަރުންވެސް ގެންދަނީ އެ މައްސަލަ ބަލާ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ގެއްލުން ދިނުމަކީ ކުށެކެވެ.