އެންޑީއޭ

އެންޑީއޭ އިސްލާހު ކުރުން ލަސްވުމަކީ ލިބޭނެ ގެއްލުމެއް: ނަޝީދު

Jan 24, 2021
9

ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އަށް އިސްލާހު ގެނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ޓްވިޓާގައި ވިދާޅުވީ "ނޭޝަނަލް ޑްރަގު އެޖެންސީއަށް އިސްލާހު ގެންނަން ޖެހިފައިވާ ކަމީ ޝައްކު ހިނގާ ކަމެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ފަސްވެ ލަސްވަމުން ދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މީގެ ނުވަ އަހަރު ކުރިން އުފެއްދި އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާ އެވެ.

އެންޑީއޭގެ އިސްވެރިޔަކު ނެތި ދިއުމަށް ފަހު ސީއީއޯކަަށް ބޭފުޅަކު ހަމަޖައްސެވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ އެޖެންސީގެ ސީއީއޯ ކަމަށް ހަމަޖެއްސީ މުހައްމަދު ހަބީބެވެ.

އެންޑީއޭގެ ސިއީއޯއަކަށް އެންމެ ފަހުން ހުންނެވީ، ހަސަން ޝަހީލެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.