ދުނިޔެ

އިންޑިއާގައި އަންހެނުންނަށް ގޯނާކުރާ މީހުން ހޯދަން މަގުތަކުގައި ކެމެރާހަރުކުރަނީ

އިންޑިއާގައި މަގުމަތިން އަންހެނުންނަށް ގޯނާކުރާ މީހުން ދެނެގަތުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަނީ އެވެ. މިއީ ކާމިޔާބުކަމާއެކު ކުވެރިވިދާނެ ކަމެއްތޯ ބެލުމަށް އުއްތަރު ޕްރްދޭޝްގެ ލަކްނޯގައި ފުލުހުން ވަނީ މިކަމަށް ހާއްސަ 200 ޕޮއިންޓެއް ފާހަގަކޮށްފަ އެވެ.

މި ޕްރޮޖްޓްގެ ދަށުން ފުލުހުންް މޮނީޓާކޮށް ބަލަހައްޓަމުން ގެންދާ ޕޮއިންޓްތަކެއްގައި، "ފޭޝަލް ރީކޮގްނީޝަން" ކެމެރާ ހަރުކުރަން ވަނީ ނިންމާފަ އެވެ. މިއީ ޕައިލެޓް ޕްރޮގްރާމެއް ގޮތުގައި ބަލައި ނަތީޖާއަށް ބިނާކޮށް ފުޅާކުރަން ގަސްދުުރާ ޕްރޮގްރާމެއް ކަމަށް ވެ އެވެ.

ޕޮލިސް ކަމިޝަނާ ޑިކޭ ތާކޫރު ވިދާޅުވީ ކެމެރާހަރުކުރަން ނިންމާފައި ވަނީ އެންމެ ގިނައިން ޝައިކުރާ ލިބޭ ސަރަހައްދުތަކުގައި ކަމަށެވެ. މަގުތަކުގައި ހަރުކުރާ ކެމެރާއަކި މީހުންގެ ސިފައާ ޖަޒުބާތު ދެނެގަނެވޭ ފެންވަރުގެ ކެމެރާތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ފުރަތަމަ ހަރުކުރާނީ ފަސް ކެމެރާ،" ޕޮލިސް ކަމިޝަނާ ވިދާޅުވި އެވެ. "އެއީ އާޓިފިޝަން އިންޓެލިޖެންސް ކެމެރާ ތަކެއް" އޭނާ ބުނީ މީހަކު ހާލުގައި ޖެހިފައި ހުރިކަން އެކެމެރާތައް ދެނެގަންނާނެ ކަމަށާ އަދި އެ މީހެއްގެ ސިފަ އެނގޭ ގޮތަށް ވީޑިއޯ މެސެޖެއް އެސަރަހައްދުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ފޮނުވާނެ ކަމަށެވެ.

ޕޮލިސް ކަމިޝަނާ ވިދާޅުވީ އަންހެނެއްގެ ހަރަކާތްތަކަށް ބަލައި އެއީ ކިހިނެއްވެގެން އުޅޭ މީހެއްކަން ކެމެރާ ތަކަށް ބުނެދޭން އެނގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކެމެރާތައް ޕްރޮގްރާމްކުރަނީ ވެސް ވަކި ކަހަލަ ހަރަކާތްތަކަކަށް ސަމާލުކަންދޭ ގޮތަކަށް ކަމަށެވެ.

އިންޑިއާގެ ރޭލްވޭ ސްޓޭޝަންތަކާއި އެެއާޕޯޓްތައް އަދި ކެފޭ ފަދަ ތަންތަނުގައި ބާރުގަދަ ކެމެރާތައް އަންނަނީ ހަރުކުރެވެމުންނެވެ. އެއީ ފުލުހުންނަށް ފަސޭހައަކަށެވެ. ފުލުހުންގެ ޚިދުމަތްތައް ޒަމާނީކޮށް ހަރުދަނާކުރުމަށެވެ. އެހެން ނަމަވެސް، މިކަމާ ގުޅިފައި ހުރި ޒާތީ އަދި ފަރުދީ ސިއްރުތައް ދެމެހެއްޓުމުގައި ސަމާލުނުވެވިއްޖެ ނަމަ ނަތިޖާ ރަނގަޅުނުވުން ވެސް އެކަށީގެންވެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މަގުތަކުގައި ކެމެރާހަރުކުރުމުން ހުއްޖަތަކާ ނުލައި ކަމެއްކުރުމަށް ފުލުހުންނަށް ވެސް ފުރުސަތު އޮންނާނެ އެވެ.