މުޒާހަރާ

އިންތިހާބު އަވަސް ކުރަން ގޮވާލައި އިދިކޮޅު މުޒާހަރާ ފަށައިފި

Jan 25, 2021

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާއި އިިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މުޒާހަރާއެއް ކުރަމުން އެބަދެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައި އިދާރާ އާއި އިންތިހާބާ ބެހޭ މަރުކަޒު ހިމެނޭ މަރުކަޒު ކައިރީ މުޒާހަރާ ކުރާމުންދާއިރު ފުލުހުން ގެންދަނީ އެ މުޒާހަރާއަށް ހުރަސް އަޅަައި ބައެއް މީހުން ހައްޔަރު ކޮށްފަ އެވެ.

މެންދުރެއްހާ އިރު ފެށި މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނީ އިންތިހާބު އަވަސްކޮށް ދިނުމަށައި އަނިޔާވެރި ކަމާއި ބަދަލު ހިފުން ދޫކޮށްލައި ރައީސް ޔާމީން މިނިވަން ކުރާށެވެ. މި މުޒާހަރާގައި ގިނަ އަދަދަކަށް މީހުން ބައިވެރިވެ އެވެ.

މި މުޒާހަރާ އިދިކޮޅުން މި ފެށީ އެ ދެ ޕާޓީގެ ލީޑަރަށް ކޮށްފައިވާ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން ސީދާ ހަރަކާތަށް ނުކުންނަން ނިންމުމަށް ފަހު އެވެ. މިއަދު ފަށާފައިވާ މުޒާހަރާގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި މަޖިލީސް މެންބަރުންގެ އިތުރުން ކައުންސިލް އިންތިހާބުގައި އެ ދެ ޕާޓީން ވާދަކުރާ ކެނޑިޑޭޓުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ހިމެނެ އެވެ.