އެމްއެންޑީއެފް

ހަތަރު އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި

ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއާ ހަތަރު އޮފިސަރަކު ބްރިގޭޑިއާ ޖެނެރަލް ރޭންކަށް ބަދަލުކޮށް މަގާމުގެ ކުރިއެރުން ދީފި އެވެ.

މަގާމުގެ ކުރިއެރުން ދީފައިވަނީ ކާނަލް ރޭންކުގައި ތިއްބެވި ސީނިއާ ހަތަރު އޮފިސަރުން ކަމުގައިވާ މުހައްމަދު ޝަރީފް އާއި އިސްމާއީލް ޝަރީފް އާއި އަބްދުﷲ ޒުހުރީގެ އިތުރުން އަބްދުލް މަތީން އަހުމަދަށެވެ. އެ ބޭފުޅުންނަށް ބްރިގޭޑިއާ ޖެނެރަލް މަގާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިއާ އަހްމަދު ދީދީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެފައިވެއެވެ.