އިދިކޮޅު ފަރާތްތައް

އަދުރޭއާ ޝުޖާއު ދޫކޮށްލައިފި

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު މެންދުރުން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެވެސް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ.

އެއްވުމުގެ ތެރެއިން މިއަދު މެންދުރު ފަހު 18 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވުން ލީޑުކުރަމުންދިޔަ ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއާ ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ. އަދި ޕީޕީއެމްއާ ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުންންވެސް ހިމެނެއެވެ.

ނަމަވެސް މިރޭ އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.