ހަބަރު

60 ކިލޯގެ ޑްރަގު: އިސް މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

Jan 26, 2021
ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގެ ބޭރު: -- ފޮޓޯ: އަވަސް ފައިލް
0%
0%
0%

މިދިއަ މާޗް މަހުގެ ތެރޭގައި ދޯންޏަކުން އަތުލައިގެން ގާތްގަނޑަކަށް 60 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން، އެކަމުގައި އިސްކޮށް ހުރި މީހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އިސްތިއުނާފުކޮށްފި އެވެ.

އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި 11 މީހުން ފުލުހުން ހައްޔަރުކުރި އެވެ.

އެ މީހުންގެ މައްޗަށް މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެ ހުރިހާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރި އެވެ.

60 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކުރި މީހުން

ނަމަވެސް، އެކަމުގައި އެންމެ އިސްކޮށްހުރި މ. ބޮއިލިންފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިއަ އާދީއްތަ ދުވަހު އަމުރުކޮށްފަ އެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ ބަލި ހާލަތަށް ރިއާއަތްކުރުމެއްނެތި އޭނާ ޑޮކްޓަރަށް ދައްކާފައިނުވާކަމަށް ބުނެ އެވެ.

އަދި ކޯޓުން އެ ގޮތަށް އަމަލުކޮށްފައިވަނީ، ވިސާމް ޑޮކްޓަރަށް ދައްކައި، ލިޔުންތައްވެސް ހުށަހަޅާފައިވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުމާ ގުޅިގެން، އެ ނިންމުން މިހާރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910