ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޖޭއެސްގެ ޕްރިންސިޕަލް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޖަމާލުއްދީން ސުކޫލް (ޖޭއެސް) ގެ ޕްރިންސިޕަލް ހަސަން މުހައްމަދާއި އެ ސުކޫލްގެ އެޑްމިނިސްޓްރޭޓަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ގިނަ ދަރިވަރުންތަކެއް ކިޔަވާ އެ ސްކޫލުން ކޮވިޑް-19 ބަލި ފެނުނު ނަމަވެސް ސުކޫލުގެ ކިޔެވުން ހުއްޓައެއް ނުލަ އެވެ.

ޖޭއެސްގައި މަސައްކަތް ކުރާ ޓީޗަރަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސްކޫލްގެ އޮފީސް ފަޅިއަކީ އެއްވެސް ދަރިވަރަކު ދާ ފަޅިއެއް ނޫންކަމުން ސްކޫލުން ފެނުނު ކޮވިޑް ކޭހާއެކު އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. ދަރިވަރުންގެ ރައްކާތެރިކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޮޒިޓިވް އެ ދެ ކޭހާއި ގުޅިގެން ޖޭއެސްގެ އޮފީސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އޮންލައިނުކޮށް ކްލާސްތައް ނަގައިދިނުމަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާފައި މިވަނީ މި މަހުގެ 10 ވަނަ ދުވަހު ދަރިވަރުން ސްކޫލަށް ހާޒިރުކުރުވައިގެނެވެ. އޭގެ ފަހުން ވަރަށް ގިނަ ސްކޫލްތަކުން ކޮވިޑް ކޭސްތައް ފެންމަތިވެފައި ވެއެވެ.