ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރުން ނިލަންދުއަށް ފޮނުވި މީހަކު ޕޮޒިޓިވް ވެއްޖެ

ފ. ނިލަންދޫ
0%
0%
100%

ސަރުކާރު ދަތުރެއްގައި ފ. ނިލަންދޫއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނިލަންދޫ ކައުންސިލުގެ އިދާރާއިން މިއަދު އަވަސްއަށް މައުލޫމާތު ދެމުން ބުނީ ޕޮޒިޓިވްވީ އެންވަޔަރަމެންޓް މިނިސްޓްރީން އެ ރަށުގައި ސާވޭއެއް ކުރަން ދިޔަ މީހެއް ކަމަށެވެ. އެމީހާ އާއި އެކީ މާލެއިން އިތުރު ތިން މީހަކު ވެސް ނިލަންދޫއަށް ދިޔައެވެ.

ނިލަންދޫގެ ގިނަ ބަޔަކު އެމީހާ އާއި ޑައިރެކްޓް ކޮންޓެކް ވެފައިވާތީ ގިނަ ބަޔަކު މިހާރު ވަނީ ކަރަންޓީނު ވެފައެވެ.

އެޗްޕީއޭގެ ގައިޑްލައިނުގައި ކުރިން ސަރުކާރު މުވައްޒަފުންނަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ނަގައިގެން ކަރަންޓިނު ނުވެ ފަސް ދުވަހަށް މާލެއިން އަތޮޅުތަކަށް ދެވެ އެވެ. އެކަން ބަދަލުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. މިހާރުގެ ގައިޑްލައިނުގައިވާ ގޮތުންނަމަ އެއްވެސް ފަރާތަކަށް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާ ގޮތަށް ނޫނީ އަތޮޅުތަކަށް ގޮސް ރަށްރަށަށް އެރުމަކީ މަނާ ކަމެކެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތުއްތު

ތިޔަ ރަށަކީ ފިރިހެން ފިރިހެން ރަށެއް ، ވަރައް ދީން ވެރި ވެގެން އުޅޭނީ މީހުން ގެ ވާހަކަ އެނެކުން ކާރި ދައްކާ ގެން

މަރީ23

އޯކޭ ވާނެ..ހުއްދަ އެއް އޮވެ އެންނު

ހީނާ

މައިމޫނާ އަހަރެމެން ގާތު ބަސް އަހާށޭ ކިޔާފަ ހާދަ ހަޑިކޮއް މި ކަންތައް ވަނީ.ތި ފަތުރާލީ މުޅި ރާއްޖެ

ކަދީ

އެހެންވީމަ ބުނެވޭނެ ދޯ ހާދަ ދޯދިޔާއޭ

ހުސެން1

ކޮބާ ނަޒްލާ.ނެއްތަ ކޮފީއެއް

ހުމާ

މައިމޫނާ އާ ނަޒްލާގެ ދޯހޮޅިކަން ސަރުކާރުން ބުނާހާ ގޮތަކަށް ގަވާއިދު ބަދަލުކުރާ ދެމީހުން

ޗަންޕާ

މާލެން ދާ މީހުން ރަށް ތަކަށް ނާރުވަހަެޭ ނާރުވަހަރޭ، މިބަލިން އެއިރުން ދެން އަރައި ގަނެވޭނީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910