ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނިލަންދޫން 30 މީހުން ކަރަންޓީނު ކޮށްފި

ފ. ނިލަންދޫ: ކޮވިޑް-19 އަށް ހަތަރު މީހަކު ޕޮޒިޓިވް ވެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައި
0%
0%
0%

ނިލަންދޫއަށް ދިޔަ މީހަކު އިއްޔެ ޕޮޒިޓިވްވުމާއި ގުޅިގެން 30 މީހަކު 10 ގެއެއްގައި ކަރަންޓީނު ކޮށްފި އެވެ.

ނިލަންދޫ އިން މީހަކު ޕޮޒިޓިވްވި ނަމަވެސް އެރަށް މޮނީޓަރިންއަށް ލައި ރަށަށް އަރައި ފޭބުން މަނާ ކޮށްފައެއް ނުވެއެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންއަށް ރަށް ލާނީ ކޮމިއުނިޓީ ސްޕްރެޑް ކޭހަކަށް ވާ ހާލަތްތަކުގައި އެކަނި ކަމަަށެވެ.

ނިލަންދޫއިން އިއްޔެ ޕޮޒިޓިވް ކޭހެއް ފެނިފައި ވަނީ މާލެއިން އެ ރަށަށް ސާވޭއެއް ހަދަން ދިޔަ މީހެކެވެ. އެމީހާ އެރަށަށް ދިޔައީ އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުންނެވެ.

ކޮވިޑް ކޭސްތައް ގިނަވާ މިންވަރު މިހާރު ގިނަވެފައިވާއިރު އިއްޔެ 143 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ ހަތެކެވެ. މާލޭ ސަރަހައްދުން ޖުމްލަ 112 މީހުން ވަނީ އިއްޔެ އެކަނި ޕޮޒިޓިވް ވެފައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910