ރައްޔިތުންގެ މަޖިލިސް

މަޖިލީސް ހުޅުވުން: ބައެއް ދައުވަތު ކެންސަލް

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ބައެއް ބޭފުޅުންނަށް އަރުވާފައިވާ ދައުވަތު ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީސް މި ދައުރަށް ހުޅުވުން އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން ބުނީ އެޗްޕީއޭއިން ކޮށްފައިވާ އިއުލާނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ދައުވަތު އެރުވުނު އަދަދު މަދުކުރަން ޖެހުމާއެކު، މި ޖަލްސާއަށް މިހާރު ދައުވަތު އަރުވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރު / ހައިކޮމިޝަނަރުންނަށް ކަމަށެވެ. އަދި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު ކެންސަލް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އަލުން ކާފިއު ހިންގަން ފަށާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ.

ރައީސް އޮފީހުން ބުނީ މަޖިލީސް ހުޅުވުން ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހަށް ހަމަޖައްސާފައިވާތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.