އަލިފާން

ދޯންޏެއްގައި ރޯވެ، އޮޔާދަނީ

Jan 29, 2021
3

މާލެ ދަތުރުކުރަމުންދާ ދޯންޏެއްގައި ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ ގދ. އަމަރި ހަވޮއްޑާ މޯލްޑިވްސްއިން ފުރައިގެން މާލެ ދަތުރުކުރަމުންދާ "ހިބަރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައެވެ. އަލިފާން ރޯވެފައިވަނީ އެ ދޯނީގެ އިންޖީނު ރޫމްގައެވެ. އެމްއެންޑީއެފުން ދެންމެ ބުނީ އެ ދޯނީގެ އިންޖީނު ރޫމުގައި ރޯވުމުން އިންޖީނު ހުއްޓި އޮޔާދާތީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔގެ ކޯސްޓްގާޑް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:30 ގައި ކަމަށްވެސް ބުންޏެވެ.

އެ ދޯނީގައި ތިބީ ހަ މީހުންނެވެ. އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. އެ މީހުންނަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.