ބަނދަރު ޕްރޮޖެކްޓް

ބިލެތްފަހީ ބަނދަރު ފުންކުރުން ފަށައިފި

Jan 31, 2021
2

ށ. ބިލެއްފަހީގެ ބަނދަރު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގައި ހިމެނޭ ބަނދަރު ފުން ކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްްޓީސީސީ) އިން ފަށައިފި އެވެ.

މި މަޝްރޫއަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގައި 24،125 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 375 މީޓަރުގެ ބޭރު ތޮށި ލުމާއި، 98 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން މަގު ބައްތި ހަރު ކުރުން ވެސް ހިމެނެ އެވެ.