ލައިފްސްޓައިލް

މަރުވެފައިވާ މަންމަގެ ހަށިގަނޑު ފޮރުވައިގެން 10 އަހަރު

ޖަޕާނު އަންހެނަކު އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ފްރީޒަރެއްގައި އޭނާގެ މަންމަގެ މަރުވެފައިވާ މަސްގަނޑު ފޮރުވައިގެން 10 އަހަރު ދުވަސް ވަންދެން އުޅެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަންހެންމީހާ އާ ޖަޕާން ފުލުހުން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ މަންމަ އާއެކު އޭނާ ދިރިއުޅުނު އެޕާޓްމަންޓު ކުއްޔަށް ހިފާފައިވަނީ މަންމަގެ ނަމުގައި ކަމަށް ވާތީ މަންމަ މަރުވެއްޖެކަން އެނގިއްޖެނަމަ އެޕާޓްމަންޓް ހުސްކުރަން އަންގަފާނެކަމުގެ ބިރު އޮތުމުން މަންމަގެ ހަށިގަނޑު ފްރީޒަރުގައި ފޮރުވައިގެން ހުރީ ކަމަށެވެ.

ޔޫމީ ޔޮޝީނޯ، 48، މިދިޔަ ބުދަ ދުވަހު ފުލުހުން ހައްޔަރުކުރީ ޓޯކިޔޯގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓުގެ ފްރީޒަރުން މީހެއްގެ ހަށިގަނޑު ފެނިގެންނެވެ.

ޔޮޝީނޯ ބުނި ގޮތުގައި 10 އަހަރު ކުރިންސުރެ އޭނާ މަންމަގެ ހަށިގަނޑު ފޮރުވައިގެން ގެންގުޅުނީ އެ އެޕާޓްމަންޓުން ނުކުންނަން ޖެހިދާނެތީ ބިރުން ކަމަށެވެ.

އޭނާ ބުނެފައިވަނީ އޭނާގެ މަންމަ ކުއްލިއަކަށް އެއް ދުވަހު މަރުވީ ކަމަށެވެ. އަދި އެހިސާބުން އޭނާ މަންމަ ފްރިޖަށް ލާފައި ބޭއްވީ ކަމަށެވެ.

ޔޮޝީނޯ އާއި އޭނާގެ މަންމަ ދިރިއުޅުނީ މުނިސިޕަލް ހައުސިން ކޮމްޕްލެކްސް އެއްގައި ކަމުން އެޕާޓްމަންޓު ދިން މީހާ މަރުވެއްޖެނަމަ އެ އެޕާޓްމަންޓެއް އަތުލަ އެވެ. ދަރިންނަށް އެ އެޕާޓްމަންޓެއް ލިބޭނެ ގޮތެއް ނޯވެ އެވެ.

ޔޮޝީނޯ އަށް އެ އެޕާޓްމަންޓުން ނުކުންނަން މަޖްބޫރުވީ ކުލި ނުދައްކާ ގިނަ ދުވަސް ވެގެންނެވެ. މިހިނގާ ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުގައި ޔޮޝީނޯ އެޕާޓްމަންޓުން ނެރެ އެ ތަން ސާފުކުރުމުގެ ތެރޭގައި ފްރީޒަރުގައި އޮތް އޭނާގެ މަންމަގެ ގަބުރު ފެނުނީ އެވެ.

އޮޓޮޕްސީ ހެދި ނަމަވެސް އެ މީހާ މަރުވި އިރަކާއި ސަބަބެއް އޮޅުމެއް ނުފިލި ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.