ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިލެކްޝަންސް ކޮމިޝަން

ވެކްސިނާ ގުޅޭ ދޮގު ވާހަކަ ނުފަތުރަން އީސީން އަންގައިފި

ކޮވިޑް-19 އިގެ ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ނުފަތުރަން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ތައްޔާރުވެފައިވާ މި ވަގުތު ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ފެތުރުމަކީ އަދި ބިރުވެރިކަން އުފެދޭ ގޮތަށް ސިޔާސީ ފޯރަމްތަކުގައި ޕާޓީތަކުގެ އިސް ބޭފުޅުން ވާހަކަފުޅު ދެއްކުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަަމަށެވެ.

ރައްކާތެރި މާހައުލެއް އޮތުމަކީ ވޯޓްލާން ނުކުންނަ މީހުންގެ އަދަދު އިތުރުވާނެ ކަމެއް ކަމުން ކައުންސިލް އިންތިހާބާއި އަންހުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޯމަތިވެފައިވާ މި ވަގުތު ވެކްސިނާމެދު ސައްހަ ނޫން މައުލޫމާތު ނުފަތުރަން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭނީ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ. ރާއްޖޭގައި ޖަހާ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު އެމްއެފްޑީއޭއިން ވަނީ ދީފަ އެވެ. ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާ ކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު އެވެ. އަދި މާދަމާ ވެކްސިން ޖަހަން ފެށުމަށް ވަނީ ނިންމާފައެވެ.