ވިޔަފާރި

ދިރާގަށް މިދިޔަ ކުއާޓަރުގައި 188.3 މިލިއަންގެ ފައިދާ

Feb 1, 2021

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް 188.3 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 621.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ ބެހިގެން ގޮސްފައިވާ ގޮތަށް ބަލާއިރު، މޮބައިލް ފޯނުގެ ހިދުމަތުން 366 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑާއި އެންޓަޕްރައިސް ހިދުމަތްތަކުން 241 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.

އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 294.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޓެކުހުގެ ގޮތުގައި 33.1 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.