އެތުލެޓިކޯ މެޑްރިޑް

އެއް ވަނައިގައި އެތުލެޓިކޯ ބޮޑު ލީޑެއް ނަގައިފި

ލުއިސް ސުއަރޭޒްގެ ދެ ލަނޑާއެކު ކާޑިޒްގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލަލީގާގެ ތާވަލުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑުން 10 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފި އެވެ.

ރޭ، އެތުލެޓިކް ކުލަބު ބިލްބާއޯ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާ ވަނީ ދެ ވަނަ އަށް ޖެހިލާފަ އެވެ. ބާސާ އާއި ރެއާލްއަށް ޕޮއިންޓް ލިބިފައި ވަނީ އެއް ވަރަކަށެވެ. އެ ދެ ޓީމަށް ވެސް 40 ޕޮއިންޓެވެ. އެތުލެޓިކޯ ރޭ ކުޅުނު މެޗު ކާމިޔާބު ކޮށް އެ ޓީމު ވަނީ 50 ޕޮއިންޓް ހޯދާފަ އެވެ. ރެއާލް އާއި ބާސާއަށް ވުރެ އެތުލެޓިކޯ މެޗު ކުޅެފައި ވަނީ މަދުންނެވެ.

ރޭ ގެ މެޗުގައި އެތުލެޓިކޯއަށް ލަނޑު ޖަހައި ދިނީ ސުއަރޭޒް ކާމިޔާބު ކުރީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެތުލެޓީގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ސައުލް ނިގޭޒް އާއި ކޯކޭ އެވެ. ކާޑިޒްގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ އަލްވާރޯ ނެގްރޭޑޯ އެވެ.

ބިލްބާއޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބު ކުރީ ކެޕްޓަން ލިއޮނެލް މެސީ އާއި އެންޓްއާން ގްރީޒްމަން އެވެ. މެސީ ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑަކީ ބާސާގެ ޖޯޒީގައި އޭނާ ޖެހި 650 ވަނަ ލަނޑެވެ.