ހަބަރު

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.

ހިމާޔަތް ކުރަން ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރީ ހދ. ނެއްލައިދޫ އާއި އއ. ބޮޑުފޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ބޮޑު ފުޅަދޫގައި ބިން ވެސް ހިއްކާނެ އެވެ.

ނެއްލައިދޫ ގޮނޑުދޮށް ހިމަޔާތް ކުރަން ބޮޑުހިލައިގެ ރިވެޓްމެންޓެއް 870 މީޓަރަށް ޖަހާއިރު ގިރާ ސަރަހައްދު ހިމާޔަތް ކުރަން 19.8 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.

ބޮޑުފޮޅުދޫގައި އަށް ހެކްޓަރުގެ ބިން ހިއްކުމާއެކު 1052 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި 180 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ތޮށިލައި 110 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާނެ އެވެ. މަޝްރޫއުގެ އަގަކީ 78.5 މިލިއަން ރުފިޔާ އެވެ.